ހެރިސް އާއި، ޓްރަމް ---
ދުނިޔެ
12 Sep 2024 | 23:03
ޓްރަމްޕަށްވުރެ ހެރިސްއަށް ހުރިހާގޮތަކުންވެސް ތާއީދުބޮޑު: ފަހުގެ ޕޯލް

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ނައިބު ރައީސް ކަމަލާ ހެރިސްއަށް، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށްވުރެ ހުރިހާ ގޮތަކުންވެސް ވޯޓަރުންގެ ތާއީދު އިތުރުކަން ފަހުގެ ޕޯލްތަކުން ދައްކައިފިއެވެ.

ރޮއިޓަރސް/އިޕްސޮސް އިން ހަފްތާ ބަންދުގައި ހެދި ސަރވޭއަކުން ދައްކާގޮތުގައި ނޮވެމްބަރު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ހެރިސްއަށް 47 އިންސައްތަ މީހުންގެ ތާއީދު ލިބޭއިރު، ޓްރަމްޕްއަށް ލިބެނީ 42 އިންސައްތައެވެ.

މި ދެ ކެންޑިޑޭޓުންގެ މެދުގައި އަންގާރަ ދުވަހު ބޭއްވުނު ޑިބޭޓުގައި ހެރިސް މޮޅުވި ކަމަށް ވެސް ގިނަ ބަޔަކު ދެކޭކަން ސަރވޭއިން ދައްކައެވެ. ޑިބޭޓާ ބެހޭ ގޮތުން އެއްޗެއް އަޑުއިވިފައިވާ މީހުންގެ ތެރެއިން 53 އިންސައްތަ މީހުން ބުނެފައިވަނީ ހެރިސް މޮޅުވި ކަމަށެވެ. އަދި 24 އިންސައްތަ މީހުން ބުނެފައިވަނީ ޓްރަމްޕް މޮޅުވި ކަމަށެވެ.

59 އަހަރުގެ ހެރިސްއާއި 78 އަހަރުގެ ޓްރަމްޕްއާ ދެމެދު ކުރިޔަށްދިޔަ ޑިބޭޓުގައި ހެރިސް ވަނީ ޓްރަމްޕްގެ އުމުރާއި ޤާނޫނީ މައްސަލަތަކާ ބެހޭ ގޮތުން ވަރުގަދަ ސުވާލުތަކެއް ކޮށްފައެވެ. 52 އިންސައްތަ މީހުން ބުނެފައިވަނީ ޓްރަމްޕް ޑިބޭޓުގައި ހަރުދަނާކަމެއް ނެތި ވާހަކަދެއްކި ކަމަށެވެ. އަދި 21 އިންސައްތަ މީހުން އެގޮތަށް ބުނެފައިވަނީ ހެރިސްއާ ދޭތެރޭގައެވެ.

ޖޫންމަހު ބޭއްވުނު ޑިބޭޓެއްގައި ރައީސް ޖޯ ބައިޑަންގެ ފަރާތުން ދެރަ ޕަފޯމަންސެއް ފެނުމާ ގުޅިގެން އޭނާ ވަނީ ރިޔާސީ ވާދައިން ތަނާޒުލުވެފައެވެ. އޭގެ ފަހުން ހެރިސް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ހޮވިފައެވެ.

މި ސަރވޭގައި 1،690 އެމެރިކާ ރައްޔިތުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ 1،405 މީހުން ހިމެނެއެވެ. ނަމަވެސް މި ސަރވޭއަކީ މުޅި ޤައުމުގެ ހާލަތު ދައްކުވައިދޭ އެއްޗެއް ކަމުގައި ވިޔަސް، އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމިގެންދާނީ ވަކިވަކި ސްޓޭޓުތަކުގެ ނަތީޖާއަށް ބަލައިގެންކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ