މަޝްހޫރު ޕޮޕް ސްޓާރ ޓޭލަރ ސްވިފްޓް ---
ދުނިޔެ
13 Sep 2024 | 09:57
ޓޭލަރ ސްވިފްޓްގެ ވޯޓިން ރަޖިސްޓްރީ ލިންކަށް 337،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

މަޝްހޫރު ޕޮޕް ސްޓާރ ޓޭލަރ ސްވިފްޓް އިންސްޓަގްރާމްގައި ޝާއިޢުކުރި ވޯޓު ރަޖިސްޓްރީ ކުރުމުގެ ލިންކަށް 337،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ. މިއީ ޑިމޮކްރެޓިކް ޕާޓީގެ އުންމީދުތަކަށްވުރެ މާ މަތީ އަދަދެއް ކަމަށް ބެލެވެއެވެ.

އެމެރިކާގެ ޖެނެރަލް ސަރވިސަސް އެޑްމިނިސްޓްރޓްރޭޝަން (ޖީއެސްއޭ) އިން ނެޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ (އެންބީސީ) އަށް ކަށަވަރުކޮށްދިން ގޮތުގައި، ބުދަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމައަށް، 337،826 މީހުން ސްވިފްޓް ޝާއިޢުކުރި ޚާއްޞަ ޔޫއާރްއެލްއަށް ޒިޔާރަތްކޮށްފައިވެއެވެ. މި ލިންކަށް ޒިޔާރަތްކުރާ ފަރާތްތައް vote.gov އަށް ރީޑައިރެކްޓްކޮށް ގެންދެއެވެ. މިއީ އެމެރިކާގެ އެކި ސްޓޭޓްތަކުގައި ވޯޓު ރަޖިސްޓްރީ ކުރުމަށް އެހީތެރިވެދޭ ވެބްސައިޓެކެވެ.

ސްވިފްޓް އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ވޯޓުލާ ފަރާތްތަކަށް އަމިއްލައަށް ދިރާސާކުރުމަށާއި ވޯޓު ރަޖިސްޓްރީ ކުރުމަށް ހަނަނދާންކުރުމަށް ގޮވާލާފައެވެ. އަދި ފުރަތަމަ ފަހަރަށް ވޯޓުލާ ފަރާތްތަކަށް ވޯޓުލުމުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭކަން ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރުން، އަވަހަށް ވޯޓުލުމުގެ މުހިންމު ކަމުގެ ވާހަކަ ވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސްއަށް ސްވިފްޓް ތާއީދުކުރި ކަމަށް އިޢުލާންކުރުމާއެކު، ހެރިސްގެ ކެމްޕޭނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.

ސްވިފްޓްގެ އިންސްޓަގްރާމްގައި 283 މިލިއަން ފޮލޯވަރުން ތިބިއިރު، އޭނާގެ ޕޯސްޓަށް 9.6 މިލިއަނަށްވުރެ ގިނަ ލައިކް ލިބިފައިވެއެވެ. ސްވިފްޓް ބުނެފައިވަނީ އޭނާ ކަމަލާ ހެރިސްއަށް ވޯޓުލާނީ، އޭނާ ޤަބޫލުކުރާ ޙައްޤުތަކާއި މައްސަލަތަކަށް ޓަކައި ހެރިސް މަސައްކަތްކުރާތީ ކަމަށެވެ. އަދި ހެރިސްއަކީ ހަރުދަނާ އަދި ހުނަރުވެރި ލީޑަރެއް ކަމަށާއި، އޭނާގެ ލީޑަރޝިޕްގެ ދަށުން އެމެރިކާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ސްވިފްޓް ބުނެފައިވެއެވެ.

ޓޭލަރ އެލިސަން ސްވިފްޓަކީ 1989 ވަނަ އަހަރު ޑިސެމްބަރު 13 ވަނަ ދުވަހު އުފަންވި އެމެރިކާގެ ލަވަކިޔުންތެރިއެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ކަންޓްރީ މިއުޒިކް އަދި ޕޮޕް މިއުޒިކްގެ ދާއިރާއިންނެވެ. ޓޭލަރ ސްވިފްޓް ވަނީ ގްރެމީ އެވޯޑް ފަދަ މަޝްހޫރު އެތައް އެވޯޑެއް ހާސިލްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ