ހުކުރު ޚުތުބާ އަޑު އަހަނީ
ދީން
13 Sep 2024 | 13:12
އަހަރެމެން اللهއަށް އީމާންވެގެން ތިބި ނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އަހަރެމެން އިމްތިޙާނުކުރައްވާނެ: ޚުތުބާ

އަހަރެމެން الله تَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެއަހަރެމެން އިމްތިޙާނުކުރައްވާނެ ކަމަށް ކަމަށް މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ. 

ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުން ޢިބްރަތް ލިބިގަތުން މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ الله تَعَالَىގެ ސުންނަތެވެ. އެކަލާނގެ އިރާދަފުޅެވެ. އަދި الله تَعَالَىއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމްއަޅާ މި ކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައި ކަމަށްވެސް ބުންޏެވެ.

އެހެނީ އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ الله تَعَالَىގެ މަތިވެރިވެގެންވާ ޙިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީއެވެ. 

ޚުތުބާ

މިއާއެކު މި ދުނިޔޭގައި މި ފަދަ އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ الله سُبْحَانَهُ وَتَعَالَىފޮނުއްވެވި ރަސޫލުބޭކަލުންނަށް ކަން ފާހަގަކޮށް ޚުތުބާގައި ވަނީ، اللهގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލާނގެ ކުރެއްވި އިމްތިޙާނާ ކުރިމަތިލެއްވި ގޮތަށް އަލިއަޅުވާލާފައެވެ. 

الله އައްޔޫބުގެ ފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވިއެވެ. ޢަދަދު ނުކުރެވޭ ވަރަށް ދަނޑުފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް އެކަލޭގެފާނުގެ ޚިދުމަތުގައި ވިއެވެ. ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވިއެވެ. އޭގެ ފަހުގައި الله تَعَالَىއެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވެއެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވިއެވެ. 

“ ރަސޫލާ ހަދީޘް ކުރެއްވި ވެއެވެ. ‏(‏‏إِنَّ أَيُّوبَ نَبِيَّ اللهِ ﷺ لَبِثَ فِيْ بَلَائِهِ ثَـمَانِيَ عَشْرَةَ سَنَةً، فَرَفَضَهُ الْقَرِيْبُ وَالْبَعِيْدُ، إِلَّا رَجُلَيْنِ مِنْ إِخْوَانِهِ، كَانَا مِنْ أَخَصِّ إِخْوَانِهِ، كَانَا يَغْدُوَانِ إِلَيْهِ وَيَرُوْحَانِ..) މާނައީ: "ހަމަކަށަވަރުން الله تَعَالَىގެ ނަބިއްޔާ أَيُّوْبُ عَلَيْهِ السَّلَام އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގަތް އާލާސްކަންފުޅުގައި އަށާރައަހަރު ހޭދަކުރެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެކަލޭގެފާނުގެ ހުރިހައި ރަޙްމަތްތެރީން އެކަލޭގެފާނު ދޫކޮށްދިޔައެވެ. ހެނދުނާއި ހަވީރު އެކަލޭގެފާނަށް ޒިޔާރަތްކުރަމުންދިޔަ އެކަލޭގެފާނުގެ އެންމެ އަރިސް ދެ އަޚަކު ފިޔަވައެވެ."

ޚުތުބާގައި ބުނެފައިވާ ގޮތުން، ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިއެވެ.

އަދި الله تَعَالَىގެ އިމްތިޙާނަށް ކެތްތެރިވުމުގެ ސަބަބުން އެ ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ޙާލުން އައްޔޫބުގެފާނު ސަލާމަތްކޮދެއްވީ ކޮންފަދައަކުންކަން އަހަރެމެން ނިކަން ވިސްނައި ފިކުރުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މާތް الله ވަޙީކުރައްވައިފައި ވާ ބަސްފުޅެއްގެ މާނައީ: "ތިމަންރަސްކަލާނގެ އަޅު أيّوب ގެފާނުހަނދުމަ ކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި،އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ. (އެކަލޭގެފާނަށްއެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެ ތަނުންފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާފިނި (ހިހޫ) ފެނެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهلވެރިންދެއްވައި، އެއުރެންނާ އެކު ހަމަ އެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ."

ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަން ކަމަށާ، ޝިފާލިބުމާއި، ކާމިޔާބުލިބުން ވަނީ اللهގެ ހަޟުރަތުންކަމަށެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ. އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދެއްކޮށެއްނޫނެވެ.

ޚުތުބާ

އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، އަހަރެމެން اللهتَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެއަހަރެމެން އިމްތިޙާނުކުރައްވާނެކަން ކަމަށް ޚުތުބާގައި ބުންޏެވެ. 

އަދި އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރްބާނީ ކަމަށާ، އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދުވެސް އެ ކަމަނާ އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވި ކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ