ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު މީގެކުރިން ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި އެޤައުމުގެ ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން...
ވިޔަފާރި
13 Sep 2024 | 14:55
ޔުއާނުން ގަންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކޭގޮތް ހެދުމަށް އެއްބަސްވުމެއް ޤާއިމްކުރަނީ

ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ޔުއާނުން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމަށް މިއަދު ރާއްޖެއާ ޗައިނާ އާ ދެޤައުމުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ޔުއާނުން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކު ކަމަށްވާ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ދެޤައުމުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެޅިގެންދާނޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގައި ބޭރުފައިސާ ހޯދުމުގައި އޮތް ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި ޗައިނާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުކޮށްފައެވެ. މިގޮތުން ބޭއްވުނު ބައްދަލުވުންތަކުގައި ޗައިނާގެ ސެންޓްރަލް ބޭންކުގެ އިސްބޭފުޅުންނާއެކު ބައްދަލުކޮށް ޔުއާން ބޭނުންކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާތައްކޮށްފައެވެ.

ރާއްޖެއިން ޗައިނާ އާއެކު އަހަރަކު 720 މިލިއަން ޑޮލަރުގެ ވިޔަފާރިގެ މުއާމަލާތް ކުރަމުން އަންނަކަމަށް އިގްތިސާދީ ވުޒާރާއިން ބުނެވެ.

ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި ޓްރޭޑް ފެސިލިޓޭޝަންގެ ގޮތުގައި އެ އަދަދުގެ ދެބައިކުޅަ އެއްބައި ލިބުނު ނަމަވެސް ޗައިނާއިން ގެންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެންދާނޭކަމަށް މީގެ ކުރިން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދުގައި މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވުމެވެ. މިކަން ހައްލުކުރުމަށް މިދިޔަ ދުވަސްތަކުގައި ސަރުކާރުން ވަނީ، ވަރަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދުގެ ތެރޭގައި ޑޮލަރުގެ މުއާމަލާތް ކުރެވޭ ބައެއް އުސޫލްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައްކަންޖެހޭ އިންކަމް ޓެކްސް ޑޮލަރުން ބަލައިގަތުމަށް އިއްޔެ ނިންމާފައިވަނީވެސް މި ސިޔާސަތުގެ ތެރެއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.