އަންހެނަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ ފިރިހެނުން: ފޮޓޯ/ ޕޮލިސް
ހަބަރު
13 Sep 2024 | 21:05
ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގައި ދެ ފިރިހެނުން ވެގެން ރަހީނު ކުރި އަންހެނަކު ސަލާމަތްކޮށްފި

ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ހިޔާ ފުލެޓްގެ އެޕާޓްމަންޓެއްގައި އަންހެނަކު ރަހީނުކޮށްގެން ތިބި ދެ ފިރިހެނުންގެ ކިބައިން އެ އަންހެން މީހާ ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދޭ ގޮތުގައި، އެ އަންހެން މީހާ ސަލާމަތްކޮށްދިނުމަށް އެދި ގޮވައި، ރޮއި، އަޑުއިވޭތީ ރޭ ފުލުހުން ވަނީ އެޓެންޑް ވެފައެވެ. ނަމަވެސް ފުލުހުން ގޮސް އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ބުނުމުން، އެއް ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލައްޕައި ތަޅުލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހުވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ދޮރު ނުހުޅުވުމުންން، ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ: 

މި މައްސަލައްސަލައާ ގުޅިގެން މާލެ، ހ. ލާމިޔާ، އަޙްމަދު އުވައިސް (20 އަހަރު) އަދި މާލެ، މއ. ތްރީ މޫންސް، މުޙައްމަދު މުމީތު (39 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ދެ ފިރިހެނުންނާ އަންހެން މީހާއާއި އޮތް ގުޅުމާއި، އަންހެން މީހާ ރޮމުން ސަލާމަތަށް އެދެމުން ދިޔައީ އެމީހުން އަނިޔާ ކުރުމުން ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ފަރާތުން މި މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް
އަބޫ
މިއެއްޗެހިތައް ނުޖަހާ ދިވެހިން ވައްތަރެއްވެސް. ހީވަނީ ތަމަޅަ ޓައިގަރުންހެން.
13 Sep 2024
ނަންނުގަތި
ހިތާާވެގެން އެ ފިރިހެން މީހާގެ ގޭގަ ދެ މީހުން އެއްކޮން ދިރިއުޅޭތާ އަހަރެއް ވެފަ ވާއިރު ވެސް އެ ކިޔާްނެތަ ރަހީނު ކުރިކަމަށް. ދެމީހުން އެއްކޮށް ބޭސް ކުރަން އިންޑިޔާ އަށް ވެސް ދިޔަ ކަމަށް ވޭ. ދެންވެސް ކިޔަންވީ ރަހީނު ކުރިއްޔޭ؟
13 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.