ހުޅުމާލޭގައި ސައްހަނޫން ނަންބަރު ޕްލޭޓެއް ހަރުކޮށްގެން ލައިސެންސް ނެތި ކާރު ދުއްވި ކަމަށް ތުހުމަތުވާ މީހާ: ފޮޓޯ/ ފުލުހުން
ހަބަރު
13 Sep 2024 | 21:27
ސައްހަނޫން ނަަންބަރ ހަރުކޮށްގެން، ބާރު ސްޕީޑްގައި ދުއްވި ކާރު ޓޯވ ކުރިޔަނުދީ، ފުލުހުންނަށް ފިލަންއުޅެފި!

ހުޅުމާލޭގައި ސައްހަނޫން ނަންބަރު ޕްލޭޓެއް ހަރުކޮށްގެން، ދުއްވި ކާރެއް، ޓޯވ ކުރުމަށް މަސައްކަތް ކުރުމުން، ފުލުހުންނަށް ފިލަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ. 

ފުލުހުން ބުނީ، ރޭ ދަންވަރު ހުޅުމާލޭގައި ފުލުހުން ވީސީޕީގައި ހަރަކާތްތެރިވަމުން ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ކާރެއް ހުއްޓުވައި ބެލިއިރު، އެއީ ސީ ޒޯނަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެއްކަން އެނގުނު ކަމަށެވެ.

އަދި ކާރު ދުއްވި ފަރާތަކީ ރ. އަލިފުށި / ސިތުރާ، ހަސަން ސަޢީދު (38 އަހަރު) ކަމާއި، އޭނާއަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަންވެސް އެނގުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ބުނީ، ލައިސަންސް ނެތި ކާރު ދުއްވުމާއި އަދި ސައްހަ ނޫން ނަންބަރު ޕްލޭޓް ކާރުގައި ހަރުކޮށްފައިވާތީ، ފުލުހުން އެ ކާރު ޓޯވ ކުރަން އުޅުމުން، ފުލުހުންނަށް އެއްބާރުލުން ނުދޭނެ ކަމަށާއި ކާރުން ނުފައިބާނެ ކަމަށް ބުނެ ކާރު ލޮކްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ހަސަން ސަޢީދު ފިލަން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ބާރުގެ ބޭނުން ކޮށްގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި