ރޮނާލްޑޯއަށް ހާއްސަކޮށް ނެރޭ ފައިސާ ފޮތި
ހަބަރު
14 Sep 2024 | 09:36
ރޮނާލްޑޯގެ ޝަރަފްގައި ޕޯޗުގަލުން ހާއްސަ ފައިސާ ފޮއްޗެއް ނެރެނީ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފްގައި އޭނާގެ އުފަން ޤައުމު، ޕޯޗުގަލުން ހާއްސަ ފައިސާ ފޮއްޗެއް ނެރުމަށް ނިންމައިފިއެވެ.

ޕޯޗްގަލްގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އެޤައުމުގެ ސެންޓްރަލް ބޭންކުން ވަނީ، ރޮނާލްޑޯގެ ޝަރަފްގައި ހާއްސަ ފައިސާ ފޮއްޗެއް ނެރުމަށް ނިންމައި، ފައިސާފޮތި ދައްކާލާފައެވެ. މި ފައިސާފޮތި ވަރަށް ކައިރި މުސްތަގްބަލެއްގައި ދައުރުކުރުމަށް ނެރުމަށް ހަމަޖެހިފައިވާކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

މި ފައިސާ ފޮތި ފަރުމާކޮށްފައިވަނީ، ރޮނާލްޑޯގެ އިތުރުން، އޭނާގެ އޮފިޝަލް ލޯގޯ ސީއާރު7 ފެންނަ ގޮތަށެވެ. ބައެއް މީޑިއާތަކުން ބުނާގޮތުގައި ޕޯޗްގަލުން ރޮނާލްޑޯގެ ޝަރަފްގައި ފައިސާ ފޮއްޗެއް ނެރުމަށް ނިންމާފައިވަނީ، ފުޓްބޯޅައަށް ރޮނާލްޑޯ ކުރަމުންގެންދާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. 

ރޮނާލްޑޯގެ ފުޓްބޯޅައިގެ ހަޔާތަށް ބަލާއިރު، އޭނާ ވަނީ ޕޯޗްގަލަށް 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދީފައެވެ.

މިހާރު ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ ޕޯޗްގަލްގެ ޤައުމީޓީމަށް މިހާތަނަށް ކުޅެދިން 214 މެޗްގައި 132 ލަނޑު ޖަހައިދީފައެވެ. މިއީ އަދި އެޤައުމުގެ ތާރީހުގައި ރެކޯޑެކެވެ.  ރޯނާލްޑޯ ވަނީ ޤައުމީ ޓީމްގެ އިތުރުން ކްލަބް ލެވެލްގައިވެސް ގިނަ ރެކޯޑްތަކެއް ޤާއިމްކޮށްފައެވެ.

ރޮނާލްޑޯ އަންނަނީ ޕޯޗްގަލްގައި ފުޓްބޯޅަ ކުރިއެރުވުމުގެ އިތުރުން ޓޫރިޒަމަށްވެސް އިންވެސްޓްކޮށް އެ ވިޔަފާރި ފުޅާކުރަމުންނެވެ. މީގެ އިތުރުން އިންސާނިއްޔަތަށް ހޭދަކުރުމުގައިވެސް ރޮނާލްޑޯއަކީ ފާހަގަކުރެވޭ ސަހްސިއްޔަތެކެވެ. ރޮނާލްޑޯ އަންނަނީ އޭނާގެ ކެރިއަރުގެ ވަރަށްކުރީކޮޅުން ފެށިގެން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަމުންދާ ކުދިންނަށް މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާރު ސޯޝަލް މީޑިއާގައިވެސް އެންމެ ނުފޫޒުގަދަ އެއް އެތްލީޓެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔޫޓިއުބް ޗެނަލް ލޯންޗްކުރުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަބްސްކްރައިބަރުންގެ އަދަދު ވަނީ އެއް ބިލިއަން ފަހަނައަޅައި ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.