ޗައިނާގެ އިންޑަސްޓްރިއަލް ބޭންކް، އައިސީބީސީ
ހަބަރު
14 Sep 2024 | 10:13
ޗައިނާގެ އެންމެބޮޑު އިންޑަސްޓްރިއަލް ބޭންކް، އައިސީބީސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަނީ

ޗައިނާގެ އެންމެބޮޑު، ބޭންކްތަކުގެ ތެރޭގައި ހިމެނޭ, އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް އިގްތިސާދީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ، ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ވޮއިސްއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާ އާ ރާއްޖެއާ ދެމެދު ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމަށް އެއްބަސްވުމެއް ޤާއިމްކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, ޗައިނާގެ އައިސީބީސީގެ ގޮތްޕެއް ހުޅުވުމަށް ކުރަންޖެހޭ މުއާމަލާތްތައް ކުރަމުންދާކަމަށެވެ.

އައިސީބީސީ އަކީ 1984 ވަނަ އަހަރު ވުޖޫދަށް އައި ބޭންކެކެވެ. ޗައިނާ ސަރުކާރުން ހިންގާ މި ބޭންކަކީ ޗައިނާގެ އެންމެބޮޑު ހަތަރު ބޭންކުގެ ތެރޭގައި ގުނާލެވޭ ބޭންކެކެވެ. އަދި ދުނިޔޭގެ ނިސްބަތުން ބެލިނަމަވެސް މި ބޭންކުގެ ހައިބަތު ވަރަށް ބޮޑެވެ. ހަރުމުދަލުގެ ގޮތުން ބަލާނަމަ މިއީ ދުނިޔޭގެ އެންމެބޮޑު ބޭންކެވެ. އައިސީބީސީގެ އާމްދަނީ 105 ބިލިއަން ޑޮލަރުގައި އުޅޭއިރު، މި ބޭންކްގެ ޖުމްލަ ރައުސުލްމާލު އެއް ޓްރިލިއަން ޑޮލަރަށްވުރެ އިތުރެވެ.

އައިސީބީސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް އިޤްތިސާދީ ވުޒާރާއިން ހާމަކޮށްފައިވާއިރު، ޗައިނާގެ ޔުއާނުން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމަށް ރާއްޖެ އާއި ޗައިނާ އާ ދެޤައުމުގެ ދެމެދުގައި އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކު ކަމަށްވާ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ދެޤައުމުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެޅިގެންދާނޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖެއާ ޗައިނާ އާ ދެޤައުމުގެ ދެމެދުގައި މިނިވަން އެއްބަސްވުމެއް ޤާއިމްކުރުމަށް ރައީސަް ޔާމިނުގެ ދުވަސްވަރު ވަނީ މަސައްކަތްކޮށްފައެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމުނުއިރު، އެ އެއްބަސްވުމުގެ މާއްދާތައް އެކުލަވާލައި ދެފަރާތުގެ ދެމެދުގައި ސޮއިކުރަން އޮތީ ތައްޔާރުވެފައެވެ. ނަމަވެސް އޭގެފަހުން އައި ރައީސް ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. 

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދެ ޤައުމުން ވަރަށް އަވަހަށް ސޮއިކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.