ޤައުމީ އަންހެން ވޮލީޓީމްގެ ހިތްވަރާއި ކާމިޔާބީ ފާހަގަކުރުމަށް ބޮލީވޫޑް ރެސްޓޯރެންޓުން ދިން ޑިނަރގެ ތެރެއިން..
ހަބަރު
14 Sep 2024 | 12:10
ބޮލީވޫޑް ރެސްޓޯރެންޓުން ޤައުމީ އަންހެން ވޮލީޓީމްގެ ހިތްވަރާއި ކާމިޔާބީ ފާހަގަކޮށްފި

ނިމިގެންދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ރާއްޖޭގެ ޤައުމީ އަންހެން ވޮލީޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޮލީވޫޑް ރެސްޓޯރެންޓުން ޤައުމީ އަންހެން ވޮލީޓީމުގެ ޝަރަފުގައި ރޭގަނޑުގެ ކެއުމެއް ދީފިއެވެ.

ބޮލީވޫޑް ރެސްޓޯރެންޓުން ދިން ޑިނަރ އާ ބެހޭގޮތުން އެ ރެސްޓޯރެންޓުގެ ޗީފް ފައިނަންޝިއަލް އޮފިސަރ މުހައްމަދު ސަލާމް ވިދާޅުވީ ޤައުމީ ވޮލީޓީމަށް ޑިނަރއެއް ދިނުމަށް ނިންމީ، ކަވާ މުބާރާތުގައި ރާއްޖޭގެ ޓީމުން ދެއްކި ހިތްވަރާއި، ކާމިޔާބު ފާހަގަކުރުމަށް ކަމަށެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ރިހިމެޑަލް ހޯދާފައެވެ.

ބޮލީވޫޑް ރެސްޓޯރެންޓުން ޤައުމީ ވޮލީޓީމަށް ދިން ޑިނަރ ގެ ތެރެއިން... ފޮޓޯ/ ވޮއިސް

ޤައުމީ ޓީމުން ހޯދި މި ކާމިޔާބީ އާ ގުޅިހެން ބޮލީވޫޑް ރެސްޓޯރެންޓުން ވަނީ ވޮލީޓީމްގައި ހިމެނޭ މެމްބަރުންނަށް ޑިސްކައުޓް ކާޑެއް ދިނުމަށް ނިންމާފައެވެ. ބޮލީވޫޑް ރެސްޓޯރެންޓުން ޤައުމީ ވޮލީޓީމަށް ދިން މި ޑިނާގައި ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

ބޮލީވޫޑް ރެސްޓޯރެންޓުން ޤައުމީ ވޮލީޓީމަށް ދިން ޑިނަރ ގެ ތެރެއިން... ފޮޓޯ/ ވޮއިސް

ކާވާ ވިމެންސް ޗެލެންޖުކަޕް ފައިނަލުން ރާއްޖެ ބަލިވީ ކިރްގިސްތާން އަތުން 3-2 ސެޓުންނެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ އެދެވޭފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުބާރާތުގެ ބައެއް ވަނަތައް ދިވެހިކުޅުންތެރިން ވަނީ ހޯދާފައެވެ.

ބޮލީވޫޑް ރެސްޓޯރެންޓުން ޤައުމީ ވޮލީޓީމަށް ދިން ޑިނަރ ގެ ތެރެއިން... ފޮޓޯ/ ވޮއިސް

މާވެޔޮމަގުގައި ހުންނަ ބޮލީވޫޑް ރެސްޓޯރެންޓަކީ ހާއްސަ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުން އިންޑިއާގެ ވަރަށްގިނަ ކެއުންތައް ލިބެންހުރެއެވެ.

ބޮލީވޫޑް ރެސްޓޯރެންޓަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ރެސްޓޯރެންޓެކެވެ. އިންޑިއާގެ ކެއުންތައް ލިބޭ ރެސްޓޯރެންޓްތައް މާލޭގައި މިހާރު ވަރަށް ގިނައެވެ. ނަމަވެސް ބޮލީވޫޑް ރެސްޓޯރެންޓްގެ ހާއްސަ ކަމަކީ އެހެން ރެސްޓޯރެންޓްތަކާ ހިލާފަށް އަގު ރަނގަޅުވުމާއި ކާތަކެތީގެ ރަހަ މީރުވުމުންކަމަށް ބައެއް ރިވިއުތަކުގައި މީހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.