އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު، އައްޑޫގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން..
ހަބަރު
14 Sep 2024 | 17:34
އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް އިގްތިސާދީ ވަޒީރު އޮޅުންފިލުވައިފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައްޑޫސިޓީއަށް ވަޑައިގެން އެ ސިޓީގެ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް އޮޅުންފިލުވައިފިއެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު، އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން، ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ވަނީ އައްޑޫސިޓީގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ވިޔަފާރިވެރިންނާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ވިޔަފާރިތައް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި، ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބާރު ސްޕީޑެެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

މިނިސްޓަރ ސަޢީދު ވަނީ ރާއްޖޭގެ އިޤްތިޞާދުގައި އައްޑޫސިޓީގެ ވިޔަފާރިވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރައްވައި ވިޔަފާރިތަކާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަރުކާރުން އެ ސަދަހައްދުގައި ކުރިއަށް ގެންދާ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަން ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އައްޑޫ ސިޓީގައި ތަފާތު އެކި ވިޔަފާރިތައް ޙަރަކާތްތެރިވަމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ. އަދި ވިޔަފާރިތަކަށް ފުރުޞަތުތައް ފަހި ކޮށްދިނުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެ، އެކަންކަން ފަހި ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަސް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު، އައްޑޫގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން..

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު އައްޑޫ ސިޓީއަށް ކުރައްވަ ދަތުރު ފުޅުގައި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު މުޙައްމަދާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިނިސްޓަރ ސަޢީދުގެ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރު ފުޅަކީވެސް މި މަސައްޕުޅުގެ ދަށުން ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.