ހއ. މާރަންދޫ- ފޮޓޯ: ޒުވާން މަސްވެރިޔާ ވެބްސައިޓް
ހަބަރު
14 Sep 2024 | 19:03
މާރަންދޫ ކައުންސިލްގެ ބައިއިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި

މާރަންދޫ ކައުންސިލްގެ ބައިއިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މިއަދު ބޭއްވުނު ބައިއިލެކްޝަނުގައި ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އަބްދުލް ހަމީދު އަބްދުއް ސައްތާރު ވަނީ ވާދަވެރި މުބާރާތެއްގައި ކުރިހޯދައިފައެވެ.

އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދާ ވާދަކޮށް، އަބްދުލްހަމީދު ކައުންސިލް މެންބަރުކަމުގެ ގޮނޑި ހޯއްދެވީ ވޯޓުލީ މީހުންގެ ތެރެއިން 51 އިންސައްތައިގެ ތާއީދާ އެކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ވަގުތީ ނަތީޖާގައިވާ ގޮތުން، އަބްދުއްސައްތާރަށް 285 ވޯޓު ލިބިފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމަށް ލިބިފައިވަނީ 250 ވޯޓެވެ.

މި ބައިއިލެކްޝަން ބޭއްވުމަށް މަގުފަހިވީ، މާރަންދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، ވޭތުވެދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

މި ނަތީޖާއާއެކު، ވެރިކަންކުރާ ޕީއެންސީން ވަނީ ފަހަކަށް އައިސް ބޭއްވުނު ގިނަ ބައިއިލެކްޝަންތަކުގައި ކާމިޔާބީ ހޯދައިފައެވެ. އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް ޕީއެންސީން ވަނީ ސުޕަމެޖޯރިޓީއެއް ހޯދާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.