ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ-- ފޮޓޯ: ވޮއިސް
ހަބަރު
15 Sep 2024 | 12:34
ސްޓެލްކޯގެ ބިލިން ސިސްޓަމާއި މުވައްޒަފުންނާމެދު އިތުބާރު އެބައޮތް: ފަހުމީ

ސްޓެލްކޯއިން ކަރަންޓް ބިލު ހަދަނީ މީޓަރުގެ ރީޑިންއަށް ބެލުމަށްފަހުކަމަށާއި، މިކަމުގައި އޮޅުވާލުމެއް ނެތްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިފަދައިން ވިދާޅުވީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސްޓެލްކޯއިން ކަރަންޓް ބިލް ކުރުމާ ގުޅޭ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މިގޮތުން ރައީސް ޔާމީން ވަނީ ސްޓެލްކޯއިން މިހާރު ގޭގެއަކަށް މީޓަރު ރީޑިން ނަގާކަށް ނުދާ ކަމަށާއި ކަރަންޓް ބިލް ހަދަނީ ކުރީގެ އެއްޗަކަށް ބަލާ, ގްރޯތް ފެކްޓާއެއް ލައިގެން ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަ މަދަނީ ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯގެ ބިލިން ސިސްޓަމާއި މުވައްޒަފުންނާމެދު ސުވާލު އުފެދޭ ގޮތަށް ފެނަކައާއި ދެކޮޅަށް ކޮށްފައިވާ ދޮގު ތުހުމަތުތައް ކުށްވެރި ކުރައްވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ބިލް ހަދާނީ މީޓަރުގެ ރީޑިންއަށް ބެލުމަށް ފަހު އިތުރު އެެއްވެސް އިންސައްތަ އެއް ނުލައި ކަމަށާއި، ބިލު ހަދާއިރު  އެއްވެސް އެއްޗެއް އަންދާޒާކޮށްގެން ނުހިމަނާނެ ކަމަށެވެ.

ފަހުމީ މިފަދައިން ވިދާޅުވިއިރު، ސްޓެލްކޯއިން ވެސް ވަނީ ރައީސް ޔާމީންގެ ވާހަކަތަކާއި ގުޅިގެން، އެކަން ދޮގުކޮށް ބަޔާނެއް  ނެރެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް