ލަންކާގެ އެއަރފޯސް ކުލަބާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ކުލަބު ވެމްކޯ
ކުޅިވަރު
15 Sep 2024 | 18:13
ލަންކާ އެއަރފޯސް ކުލަބު ބަލިކޮށް ވެމްކޯ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

މިހާރު މާލޭގައި ކުރިއަށްދާ "ކާވާ ވިމެންސް ކުލަބު ޗެންޕިއަންޝިޕް2024" ގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ގައުމީ ޗެންޕިއަން ވެމްކޯ އާއި ސްރީލަންކާގެ ގައުމީ ޗެންޕިއަން އެއަރފޯސް ކުލަބު ވާދަކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް ވެމްކޯ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު މެންދުރު މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ފަސް ޕޮއިންޓްގެ ލީޑަކާއެކު 20-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްރީލަންކާ އެއަރފޯސް ކުލަބެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި ވެމްކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖައެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 10 ޕޮއިންޓްގެ ލީޑަކާއެކު 25-15 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ޖެހިގެން އައި ހަތަރުވަނަ ސެޓުގައި ވެސް ލަންކާ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައި ވެމްކޯ އިން މިސެޓް ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ.

15 ސެޕްޓެންބަރު 2024 އިން 21 ސެޕްޓެންބަރު 2024 އަށް މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބަރާތުގައި ރާއްޖޭގެ ގައުމީ ޗެންޕިއަން ވެމްކޯ އަދި ރަނަރަޕް ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލްގެ ގައުމީ ޗެންޕިއަން ޕޮލިސް ކުލަބު، ސްރީލަންކާގެ ގައުމީ ޗެންޕިއަން އެއަރ ފޯސް ކުލަބުގެ އިތުރުން އުޒްބެކިސްތާންގެ ހުމޯ ކްލަބް އަދި ތަޖިކިސްތާންގެ ވީކޭ ޑިއާމެޑް އެވެ. އަދި މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ހޯދާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅޭގޮތަށެވެ.

ކޮމެންޓް
ީިއިބުރާހީމް
ޙަބަރެއް ލިޔާއިރު ވޮލީކަމެއް ބާސްކޭޓް ކަމެއް އިނގެނީކީ ނޫން ސާބަސް ދުނިޔެއެއް މިއޮތީ ފެނިފާ
15 Sep 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.