ޕޮލިސް ކުލަބާއި ވީސީ ޑިއާމެޑް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ވީއޭމް
ކުޅިވަރު
16 Sep 2024 | 02:54
ވީސީ ޑިއާމެޑް ސީދާ ތިން ސެޓުން ބަލިކޮށް ޕޮލިސް ކުލަބުން މުބާރާތް ފެށީ އިތުބާރާއެކު

މިހާރު މާލޭގައި ކުރިއަށްދާ "ކާވާ ވިމެންސް ކުލަބު ޗެންޕިއަންޝިޕް2024" ގައި މިރޭ ރާއްޖޭގެ ޕޮލިސް ކުލަބާއި ތަޖިކިސްތާނުގެ ވީސީ ޑިއާމެޑް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ކާމިޔާބުކޮށްފިއެވެ.

މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ސެޓް ނުވަ ޕޮއިންޓްގެ ލީޑަކައެކު 16-25 ގެ ނަތިޖާއަކުން ޕޮލިސް ކުލަބު ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 11 ޕޮއިންޓްގެ ލީޑަކައެކު 14-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ތަޖިކިސްތާން ޓީމުން ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް މާބޮޑު އުނދަގުލަކާއި ނުލައި ޕޮލިސް ކުލަބުން މިސެޓް ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ.

15 ސެޕްޓެންބަރު 2024 އިން 21 ސެޕްޓެންބަރު 2024 އަށް މާލޭ ސިޓީ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބަރާތުގައި ރާއްޖޭގެ ގައުމީ ޗެންޕިއަން ވެމްކޯ އަދި ރަނަރަޕް ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލްގެ ގައުމީ ޗެންޕިއަން ޕޮލިސް ކުލަބު، ސްރީލަންކާގެ ގައުމީ ޗެންޕިއަން އެއަރ ފޯސް ކުލަބުގެ އިތުރުން އުޒްބެކިސްތާންގެ ހުމޯ ކްލަބް އަދި ތަޖިކިސްތާންގެ ވީކޭ ޑިއާމެޑް އެވެ.

މީގެ އިތުރުން މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގު ބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ހޯދާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅޭގޮތަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.