އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް
ދުނިޔެ
16 Sep 2024 | 10:08
ޓްރަމްޕަށް ބަޑިން ހަމަލާދޭން އުޅުނުކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ބަޑިން ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. 

އާދީއްތަ ދުވަހު ކޮންބައެއްކަން ނޭނގޭ ބަޔަކު ވަނީ ފްލޮރިޑާގައި ޓްރަމްޕް ދިރިއުޅުއްވާ މާރަލާގޯ ގަނޑުވަރު ކައިރީ ޓްރަމްޕަށް އަމާޒުކޮށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ފޮނުވާލި އެއްވެސް ވަޒަނެއް ޓްރަމްޕަށް އަމާޒުވެފައެއް ނުވެއެވެ.

މާރަލާގޯ ގޯލްފް ދަނޑުގެ ގަސްތަކުގެ ތެރޭގައި ފިލާ އޮތް މީހަކު ބަޑިން ދިން ހަމަލާތަކުގައި ޓްރަމްޕަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހަމަލާދިންކަމަށް ބެލެވޭ މީހާ ފިލައިގެން އުޅެނިކޮށް ހޯދައި މިހާރު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓްރަމްޕްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ ސްޓީވަން ޗުއަންގް ވިދާޅުވީ ޓްރަމްޕް ހުންނެވީ ރައްކާތެރިކަމާއެކު ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެފްބީއައި އިން ވަނީ ތަޙުޤީޤު ފަށާފައެވެ. އެފްބީއައިގެ ބަޔާނެއްގައި ބުނެފައިވަނީ މިއީ ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްކަމަށް ތުހުމަތުކޮށްފައެވެ.

ޓްރަމްޕްގެ ގޮލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޭކޭ-47ގެ ރައިފަލެއް ހިފައިގެން ޓްރަމްޕަށް ހަމަލާދޭން މަސައްކަތްކުރި މީހާ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް ފާހަގަކުރެވުނުއިރު، އެމީހާ ވަނީ ހަމަލާ ދިނުމާއެކު، އެ މީހާ ވަނީ ކާރެއްގައި ފިލައިގެން ގޮސްފައި ކަމަށެވެ. އެކަމަކު އާންމުންގެ އެހީއާ އެކު އެ ކާރު ދެނެގަނެ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެވެ. 

އެފްބީއައި އިން ބުނި ގޮތުން މި ހަމަލާވެސް ގިންތި ކުރާނީ ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއް ގޮތުގަައެވެ.

އެމެރިކާގައި އަންނަ ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަނިކޮށް، ޖުލައިމަހުގެ 13 ވަނަ ދުވަހުވެސް މީހަކު ވަނީ ޓްރަމްޕް އަވަހާރަކޮށްލަން ބަޑިން ހަމަލާދީފަ އެވެ.

މި ހާދިސާގައި ޓްރަމްޕްގެ ކަނާތު ކަންފަތް ޒަޚަމްވިއެވެ.

މި ހާދިސާއާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ރައްކާތެރިކަމާއެކު ހުރި ކަމަށާއި، އަދި އެފަދަ އެއްވެސް ކަމަކުން އޭނާ މަޑުޖެހި، އަދި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ވާދަކުރައްވާ ކެނޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ޓްރަމްޕް ސަލާމަތްވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފަ އެވެ. ރައީސް ބައިޑަން އާއި ނައިބު ރައީސް ކަމަލާ ހެރިސް އަށް މި ހާދިސާގެ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ