ކުރީގެ ރައީސް ޔާމީން--
ހަބަރު
16 Sep 2024 | 11:02
ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ، އާރަށާ ގުޅޭ ރައީސް ޔާމީނުގެ ޝަރީއަތް މަޑުޖައްސާލުމަށް ނިންމައިފި

އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ.

ދަށުކޯޓުން ޔާމީނުގެ މައްސަލަ މަޑުޖައްސާލުމަށް ނިންމީ، އާރަށުގެ މައްސަލައާ ގުޅޭގޮތުން، ރައީސް ޔާމިނަށް ނިސްބަތްވާ މައްސަލައެއް ސްޕްރީމް ކޯޓުގައި އޮތުމުންނެވެ. މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ އާއި ސްޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލަ އާ ފުށުއެރުމެއް ފާހަގަކުރެވޭކަމަށް ގަބޫލުކުރެވޭތީ ދަށުކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށް ނިންމީކަމަށެވެ. މައްސަލައިގެ ޝަރީއަތް ދެން ކުރިއަށްގެންދާނީ މައްސަލާގައި ހިމެނޭ ހެކީގެ މައްސަލަ ސްޕްރީމްކޯޓުން ނިންމުމުންކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރީގެ ދައުވާ އުފުލާފައިވާއިރު، ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

އެހެންނަމަވެސް، އެ ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް ހައި ކޯޓުން އަމުރުކުރިއެވެ.

އެކަމާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން އެދިފައެވެ. މިގޮތުން ދިފާއީ ބައެއް ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވާއިރު، މައްސަލައިގެ ދިފާއީ ހެކިތައް ނަފީކުރަން އާ ހެކި ހުށަހެޅުމާ ގުޅޭ ބައެއް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހިމެނޭ ކަމަށް ރައީސް ޔަމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.

ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގާފައިނުވި ނަމަވެސް، ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ގޮތަށް، އެ ދެ މައްސަލާގައި ގުޅުމެއް އޮތްކަން ދައުލަތުންވެސް ވަނީ ފާހަގަކޮށްފައެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.