މެމްބަރު ނާޒިމް-- ފޮޓޯ: މަޖިލިސް
ހަބަރު
16 Sep 2024 | 11:29
ބީއެމްއެލްގެ އިސް މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަންޖެހޭ: ނާޒިމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މަގާމުތަކަށް ދިވެހިން ލެވޭތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ދައުރުން ބޭރު ދެވަނަ ޖަލްސާގައި ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ބީއެމްއެލްގެ ކާޑުތަށް ލިމިޓްކުރި ދުވަހު ބޭންކުގެ އެންމެ އިސް ތިން ބޭފުޅުން ރާއްޖޭގައި ނެތް ކަމަށެވެ. މިގޮތުން  ބޭންކުގެ އޮޕަރޭޝަންސް ޑިރެކްޓަރާއި ކްރެޑިޓް ކޮންޓްރޯލު މެނޭޖަރާއި ރިސްކު މެނޭޖަރުގެ އެ ދުވަހު ރާއްޖޭގައި ނެތް އިރު، މަހު މުސާރައިގެ ގޮތުގައި އެ މީހުންނަށް 15 ހާސް ޑޮލަރުގެ ބޮޑު މުސާރައެއް ހޭދަވާކަމަށެވެ. އެހެންކަމުން އެފަދަ މަގާމުތަކަށް ދިވެހިން ގެނައުން މުހިންމު ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމާ ޕީސީބީއިން ވެސް ފިނޭންސް މިނިސްޓްރީއިން ވެސް، އެއީ ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފަރާތްކަމުގައި ވާތީ، މި ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާ ގޮތް ވަރަށް ރަނގަޅަށް ބައްލަން އެބަ ޖެހޭ. އެ މަގާމުތަކަށް ދިވެހިން ލެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ،"

ނާޒިމް ވިދާޅުވިއެވެ.

ބީއެމްއެލްގެ ބޯޑުގެ މެންބަރުން މަދުވުމާއި ގުޅިގެން، އާ ބޯޑު މެންބަރުން އައްޔަންކުރަން އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ބޭންކުން ތާވަލުކޮށްފައި ވަނިކޮށް، ބޭންކްގެ ސީއީއޯ މަގާމުން އިސްތިއުފާދެއްވިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، އާ ސީއީއޯއެއް އައްޔަންކުރަން އިތުރު އީޖީއެމެއް ބާއްވަން ޖެހޭނެކަމަށާއި، ކުންފުނިތަކުގެ ބިލު އިސްލާހުކުރުމުން އިތުރު އީޖީއެމެއް ކުރު މުއްދަތެއްގައި ބޭއްވިގެންދާނެކަމަށެވެ.

ކުންފުނިތަކުގެ ގާނޫނަށް އިސްހާލު ގެނައުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، ކުންފުނިތަކުގެ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭ ދައުވަތު ދޭން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ޖަލްސާ ބާއްވަން ޖެހޭނެއެވެ.

ހަމައެއާއެކު، ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން ކުންފުނީގެ މެންބަރުން ނޯޓިސް ފޮނުވަން ޖެހޭނެއެވެ. ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން ނެތް ނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތިގެން އެ އަދަދަށް ޑިރެކްޓަރުން އައްޔަންކުރަން ރަޖިސްޓްރާ އަންގަވައިފިނަމަ 10 ދުވަހުގެ ތެރޭ ޑިރެކްޓަރުން އައްޔަންކޮށް ރަޖިސްޓްރާއަށް އެކަން އަންގަން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ބަޔާން ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.