ފަހުގެ ވާވޭ ޕީ30 ސީރީޒްގެ ފޯނުތަކުގެ ޕްރީއޯޑަރ އުރީދޫ އިން ރާއްޖޭގައި ފަށައިފި

04 Apr 2019 | 22:07

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތަށް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ވަރަށް ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑަރ ކުރަށްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެއެވެ.

ޕީ30 ސީރީޒްއަށް ޚާއްޞަ ޕްލޭންތަށް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

މީގެ ތެރޭގައި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް

Advertisement