އައްބާސް ޝަރީފް.. ފޮޓޯ/ރައްޔިތުންގެ މަޖިލިސް ފޭސްބުކް ޕޭޖް
ހަބަރު
16 Sep 2024 | 15:10
ޕީޖީގެ މަގާމަށް ގެނައުމަށް އައްބާސް ޝަރީފަށް ރުހުންދިނުމަށް ކޮމިޓީން ފާސްކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްބާސް ޝަރީފް އައްޔަނުކުރަން ފެންނަކަމަށް މަޖިލީހުގެ  ޖުޑިޝަރީ ކޮމިޓީން ރުހުންދީފިއެވެ.

ޖުޑިޝަރީން ކޮމިޓީން އައްބާސްއަށް ރުހުންދީފައިމިވަނީ، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ފަހުއެވެ. ރުހުން ލިބުނީ ކޮމިޓީގެ އިއްތިފާގުންނެވެ.

ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ އައްބާސް އާ އިންޓަވިއުކޮށްފައެވެ. މި އިންޓަވިއުގައި އައްބާސް ވިދާޅުވީ، ޕީޖީގެ މަގާމަށް އޭނާ ކުރިމަތިލެއްވީ ސިޔާސީ އެއްވެސް މީހަކު ބުނެގެން ނޫންކަމަށާއި، އެހެންކަމުން އޭނާއަކީ އެއްވެސް މީހެއްގެ ނުފޫޒަށް ލެނބޭނެ މީހެއް ނޫންކަމަށެވެ. އައްބާސް ވިދާޅުވީ އޭނާ ޕީޖީގެ މަގާމަށް ކުރިމަތިލެއްވިކަން އެއްވެސް ބޭފުޅަކަށް ނޭނގޭނެ ކަމަށާއި، އެކަން އާއްމުންނާ ހަމަޔަށް ފޯރާފައިވަނީ ކުށުގެ ރެކޯދް ސާފްކުރަން ފޮނުވި ހިސާބުން މީޑިއާތަކަށް އެކަން އެނގިގެން ކަމަށެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރުމަށް ނިންމާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ޝަމީމް، މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ޕީޖީގެ މަޤާމަށް އައްބާސްގެ އިތުރުން އިތުރު ހަ ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އޭގެތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ހައިލަމް، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު، އަދި މިހާރުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޢަލީ ޝަމީރު ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައްބާސްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އައްބާސްއަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 އިން 2015 އަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަދި ކުރީގެ ދެ ރައީސުންގެ ވަކީލުކަންވެސް ކުރައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.