ޔަހޫދީ ސިފައިން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
17 Sep 2024 | 11:10
ތިން އަސީރުން މަރުވީ އިސްރާއިލްގެ ފައުޖުން ދިން ޙަމަލާއެއްގައި ކަމަށް އެއްބަސްވެއްޖެ!

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން މީހަކު އިސްރާއީލް ފައުޖުން ދިން ވައިގެ ޙަމަލާއެއްގައި މަރުވެފައިވާ ކަމަށް އިސްރާއީލް ފައުޖުން ނުސީދާކޮށް އެއްބަސްވެއްޖެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު، ހަމާސް ޖަމާޢަތުން ބޭނުން ކުރަމުންދިޔަ ބިންގަރާހަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދިން ބޮމުގެ ހަމަލާއެއްގައި އިސްރާއީލް ތިން އަސީރުން މަރުވި ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ. އޭރު އެވާހަކަ އިސްރާޢީލް ވަނީ ދޮގު ކޮށްފައެވެ.

ހަމާސްއިން މީގެ ކުރިން ދީފައިވާ މައުލޫމަތުން އެނގޭ ގޮތުން، އިސްރާއީލް ފައުޖުގެ ހަމަލާއާއި ގުޅިގެން މަރުވީ އެމީހުންގެ ސިފައިންގެ ދެ މީހުންނާއި ޔަހޫދީ ޢާންމުންގެ މީހެކެވެ. އަދި އެ މީހުންގެ ހަށިގަނޑު ފެނުނީ ޑިސެންބަރު 14ވަނަ ދުވަހުއެވެ.

އެ މީހުންގެ މަރުތައް ތަޙުޤީޤު ކުރުމަށް ފަހު އިސްރާއީލް ފައުޖުން ބުނީ, އެ ތިން މީހުން މަރުވެފައި ވަނީ ޙަމާސްގެ އިސް ކޮމާންޑަރެއް ކަމުގައިވާ އަޙްމަދު ޣަންދޫރު ޝަހީދު ކޮށްލަން ނޮވެންބަރު 10ވަނަ ދުވަހު ދިން ވައިގެ ޙަމަލާތަކެއްގައި ކަމަށް ބެލެވޭ ކަމުގައެވެ. މި ހަމަލާތައް އަމާޒު ކުރީ, ޣަންދޫރު ފިއްލަވައިގެން ހުންނެވި ކަމަށް ބެލެވޭ ބިންގަރާހަށް ކަމަށާ އެތަނުގައި އަސީރުންގެ ތިބި ކަން ކުރިން އެނގިފައި ނުވާ ކަމަށްވެސް އިސްރާޢީލުން މިހާރު ބުނެއެވެ.

ނަމަވެސް, އެ މީހުން މަރުވީ ޔަހޫދީންގެ ވައިގެ ޙަމަލާތަކުގައި ކަން ކަށަވަރު ކޮށް ބުނަން އިސްރާޢީލް ފައުޖުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

2023 ވަނަ އަހަރުގެއޮކްޓޯބަރ 7 ވަނަ ދުވަހު، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސްގެ މުޖާހިދުން، ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެން ތިބި އިސްރާއިލްގެ ޔަހޫދީން ތިބި ރަށްތަކަށް ދިން ޙަމަލާތަކަށްފަހު ޔަހޫދީ ފައުޖުން ދަނީ ޣައްޒާއަށް ކެނޑިނޭޅި ރަހުމު ކުޑަ ހަމަލާތައް ދެމުންނެވެ.

އެގޮތުން، ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,206އަށް އުފުލިފައިވާއިރު، ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 95,337އަށް އުފުލިފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 16،000އަށްވުރެ ގިނައީ މައުސޫމު ކުޑަކުދިންނެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.