އައިއޭސީގެ އެހީގައި ބިނާކުރަމުންދާ މިސްކިތެއް.
ހަބަރު
17 Sep 2024 | 23:43
އައިއޭސީން ފައިސާގެ އެހީ ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނިއްޔަތަށް ހިދުމަތްކުރަމުން އަންނަ ޖަމިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުގެ ޕްރޮޖެކްޓްތަކަށް ފައިސާގެ އެހީ ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އައިއޭސީން ނެރުނު ބަޔާނެއްގައި ބުނީ، އެޖަމިއްޔާގެ މަސައްކަތްތައް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށްޓަކައި ވަގުތީގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މިވަގުތަށް ފައިސާ ބަލައިގަތުން ހުއްޓާލާފައިވާ ކަމަށެވެ.

އައިއޭސީން ބުނީ ވަގުތީގޮތުން ފައިސާ ބަލައިގަތުން ހުއްޓާލި ނަމަވެސް އެޖަމިއްޔާއިން ކުރިއަށްގެންދާ މަޝްރޫޢުތަކާއި އެހެނިހެން ކަންކަން ކުރިއަށްދާބނޭ ކަމަށެވެ.އައިއޭސީން ވަނީ ފައިސާ ބަލައިގަތުން ހުއްޓާލުމާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

އައިއޭސީން ބުނީ ކުރިއަށް އޮތް ނޮވެމްބަރުމަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް އެހީގެ ގޮތުގައި ފައިސާ ބަލައިގަތުން ކުރިއަށްދާނޭ ކަމަށެވެ.

އައިއޭސީގެ ބަޔާން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް މުޖުތަމައުއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއޭސީން އަންނަނީ ނަމޫނާ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ޔަހޫދީ ސިފައިންގެ އުދުވާންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އައިއޭސީން ދެމުންގެންދާ އެހީތެރިކަމެވެ.

އައިއޭސީން ގެންދަނީ އެފްރިކާ އަދި އޭޝިއާގެ ޤައުމުތަކުގައި ހާލުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ދެމުންނެވެ. މީގެ ތެރޭގައި ފެންވަޅު ބިނާކުރުމާއި، މިސްކިތްތަކުގެ އިތުރުން ސްކޫލްތައް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ޕިކަޕެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ކާރެއް ޕިކަޕެއްގެ ފަހަތުގައި ޖެހި، ޕިކަޕު ކޮންޓްރޯލްނުވެގޮސް ހައިވޭގެ ފެންސާއި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން
28 Jun 2026
އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
އެޗްޕީއޭއިން ބުނީ، ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ކަމަށެވެ.
28 Jun 2026
ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، ‘މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ.
28 Jun 2026
ޕަނަމާ އަތުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް އަނެއްބުރަށް
ރޭ ކުޅުނު މެޗްތަކަށްފަހު އިނގިރޭސިން ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ނޮކްއައުޓް ބުރުގެ ޖާގަ ކަށަވަރުކުރީ 7 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައިވާ ކޮރްއޭޝިއާއަށް 6 ޕޮއިންޓް ލިބުނުއިރު، ގާނާއަށް ލިބުނީ 4 ޕޮއިންޓެވެ
28 Jun 2026
ވިނަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ
މި ހާދިސާގައި ވެއްޓުނު ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް މުޅިތަނަށް ބިއްލޫރިތައް ވަނީ ފެތުރިފައެވެ
28 Jun 2026
ސަމާލުވޭ! ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑު ސަރަހައްދުން ކޮންޓެއިނާތަކެއް އޮޔާދަނީ
ކޮންޓެއިނަރ ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން
27 Jun 2026
އަޑިއަށް ދިޔައީ މުދާ ބަރުކޮށްގެން ވ އަތޮޅަށް ދާން އުޅުނު ދޯންޏެއް
"ކުރިމަގު" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން
27 Jun 2026
ޓީޖެޓީ ސަރަހައްދުގައި އޮތް މުދާ އުފުލާ އުޅަނދެއް އަޑިއަށްދަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ބޮޑުބައި މިހާރު ފެނު އަޑީގައި އޮތްއިރު، އެ ދޯނީގައި މުދާވެސް ހުއްޓެވެ.