ޕޭޖަރުތައް ގޮވި ސަރަހައްދުގައި ކަމާ ބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
18 Sep 2024 | 10:05
ލުބުނާނުގައި ޔަހޫދީން ޕޭޖަރުތަކެއް ގޮއްވާލައި، 9 މީހުން މަރުވެ 2000 މީހުން ޒަހަމްވެއްޖެ

ލުބުނާނުގައި ޔަހޫދީން ޕޭޖަރުތަކެއް ގޮއްވާލައި، 9 މީހުން މަރުވެ 2000 އަށް ވުރެ މީހުން ޒަހަމްވެއްޖެއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓަރު ފިރާސް އަބިއާދް ވިދާޅުވީ މި ހަމަލާތަކުގައި 8 އަހަރުގެ ކުޑަ ކުއްޖެއްވެސް މަރުވެފައިވާ ކަމަށާއި، 200 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ މީހުންގެ މޫނާއި އަތުގެ އިތުރުން ބަނޑަށެވެ.

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ވަނީ މިއީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދިން ހަމަލާއެއް ކަމަށް ބުނެފައެވެ. ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނީ، 2 މުޖާހިދަކާއި އިތުރު އަންހެން ކުއްޖަކުވެސް މި ގޮވުންތަކުގައި މަރުވެފައިވާ ކަމަށާއި، މިއީ އެ ޖަމާޢަތުގެ ސަލާމަތީ ފިޔަވަޅުތައް ފޫއަޅައިލި އެންމެ ބޮޑު ހާދިސާ ކަމަށެވެ.

މި ޕޭޖަރުތައް ހިޒްބުﷲ އަށް ހަވާލު ކުރުމުގެ ކުރިން އެހެން ބަޔަކު އޭގައި ގޮވާތަކެތި ހަރުކޮށްފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ގޮުވުމުގައި ލުބުނާނުގައި ހުންނަ އީރާނުގެ ސަފީރު މުޖުތަބާ އަމާނީ ވެސް ޒަހަމްވެފައިވާއިރު، މީގެ މަސްތަކެއް ކުރިން ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ އިސްރާއީލުން ޖާސޫސު ކުރުމުގެ ފުރުސަތު އޮންނާނެތީ މުޖާހިދުން ސްމާޓްފޯނު ބޭނުން ނުކުރުމަށް އަންގަވާފައެވެ.

އޭގެ ފަހުން ހިޒްބުﷲ މުއާމަލާތްކުރުމަށް އާއްމުގޮތެއްގައި ބޭނުން ކުރަނީ ޕޭޖަރު ފަދަ ތަކެއްޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ