މިނިސްޓަރު ސައީދު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
18 Sep 2024 | 12:48
ދިވެހި ޒުވާނުން ކުރިއަރައި ދިއުމަށް އެއްވެސް ހުރަހެއް ނެތް: ވަޒީރު ސަޢީދު

ދިވެހި ޒުވާނުން ކުރިއަރައި ދިއުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކްރިއޭޓިވް އިކޮނޮމީ ފަންޑާއި، ފަސް އަހަރުގެ ސްޓްރެޓެޖީ ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ދިވެހި ޒުވާނުންނަށް ލިބޭ ފުރުސަތުތަކުގެ އަދަދު ކުޑަވެދާނެކަމަށާއި، އެހެންނަމަވެސް، އޭގައި ލިމިޓެއް އޮތްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ދިވެހި ޒުވާނުންނަށް މި ލިބޭ ފުރުސަތުތަކުގެ އަދަދު ކުޑަވެދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ކުރިއަރާ ދެވޭނެ ޖާގަ ވަރަށް ބޮޑަށް ފުޅާވެގެންދާނެ. އޭގެ ލިމިޓެއް އޮތް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން" 

ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއިން ފަންނުވެރި އިޤްތިޞާދެއް ތަރައްޤީ ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އެގޮތުން ދާދި ފަހުން އެމެރިކާއާއެކު ބޭއްވި ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓުގެ މަޝްވަރާތަކުގެ ތެރެއިންވެސް ކްރޮސް ބޯޑަރ ޓްރާންސެކްޝަން ނުވަތަ ދެ ޤައުމު ދެމެދު ކުރެވޭ މުޢާމަލާތްތަކަށް ފުރުސަތު ދިނުމާއި ގުޅޭ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

ޔޫޓިއުބާއި ގޫގުލް އަދި ޕޭޕަލް ފަދަ ޕްލެޓްފޯމްތަކާއި ވާހަކަ ދައްކައިގެން މި ޚިދުމަތްތައް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ގިނަ ޒުވާނުން އިންތިޒާރު ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އީކޮމާސް ޕްލެޓްފޯމްތަކަށް ބޭނުންވާ ސައިޒެއް ރާއްޖޭގެ މާކެޓުގައި ނެތް ނަމަވެސް މަސައްކަތް ފެށުމުން އެ ކަމަށް މަގުފަހިވާތަން ފެންނާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jun 2026
ސްޓޭޑިއަމުން ހުސްގޮނޑި ފެންނަ މައްސަލާގައި، ފީފާއަށް ގޯސްވީ ސަޕޯޓަރުން
ފީފާއިން ބުނީ ސްޓޭޑިއަމްގައި މެޗް ބަލަންތިބޭ މީހުންގެ އަދަދު މަދުވެ ހުސްގަނޑި ފެންނަނީ، ދަނޑަށް ވަންނަ މީހުން އެމީހުންގެ ގޮނޑިތަކުގައި އިށީނދެ ތިބުމުގެ ބަދަލުގައި، ސްޓޭޑިއަމްގެ އެތެރޭގައި ހުންނަ ހިނގާ މަގުތަކުގައި މެޗްބަލަން ތިބޭތީކަމަށެވެ
13 Jun 2026
އިންޑިއާ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ
50 މީހުންގެ ޖާގައިގެ 'އެންޓޮނޯވް އެން-32' މަރުކާގެ މަތިންދާބޯޓު އާސާމް ސްޓޭޓްގެ ޖޯރްހަޓްގައި އޮންނަ އެއާބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް، އެ ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް ނުވަތަ ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ
13 Jun 2026
ކޮރަޕްޝަން ނައްތާލެވޭނީ ސިވިލް ސާވިސް މުއައްޒަފުންނަށް: ޝަފީއު
މާލީބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވަނީ އިދާރީ ނިޒާމްގެ ތެރެއިން ހިންގޭ ނޭދެވޭ ކަންތައްތަކުގެ ސަބަބުން
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ