އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް
ހަބަރު
18 Sep 2024 | 14:44
މިސްކިތްތަކުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފިން: ޝަހީމް

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިވީ ދުވަސްތަކުގެ ތެރޭގައި މިސްކިތްތަކުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައި ވާނޭކަމަށް އިސްލާމިކް މިިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުރި މިސްކިތްތަކުގެ ބިލްތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ ކަރަންޓް ބިލްތަކެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި ހާސިލްވި ކަންކަމާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިވީ ދުވަސްތަކުގައި މިސްކިތްތަކުގެ ބިލްތަކަށް އެކަނިވެސް 50.07 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން މިއަހަރުގެ މިހާތަނަށް އިންސާނިއްޔަތަށް ކުރި ހޭދަތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝަހީމް ވަނީ ޒަކާތު ފަންޑުން ބޯންމެރޯ ހެދުމަށާއި، އަދި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ހޭދަކޮށްފައިވާކަމަށެވެ.

މިގޮތުން ޒަކާތު ފަންޑުން ތެލަސީމިއާ ކުދިންގެ ބޯންމެރޯގެ ހެއްދުމަށް ހެލްތު މިނިސްޓްރީއަށް 10 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަލަސްތީނަށް އެހީވުމަށް ގަތަރުގެ ރެޑްކްރޮސް އާ 100،000 ޑޮލަރު ހަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭރުގެ ފަރާތަކަށް ފައިސާ ފޮނުވާއިރު މިހާރު ވަރަށްގިނަ އިޖުރާއަތްތައް ފުރިހަމަ ކުރަންޖެހޭ. ގަތަރުގެ ރެޑްކޮރޮސެންޓާ އެކު އެއްބަސްވުމެއް ޤާއިމްކޮށް އެޓާނީ ޖެނެރަލްގެ ލަފައާއެކު އެ މަސައްކަތް ކުރިއަށްގެންދެވި މިހާރު އެފައިސާ ފޯރުކޮށްދިނުމުގެ ދޮރު ހުޅުވިގެން އެދަނީ

އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ

މިނިސްޓަރު ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑުން އެހީދޭއިރު، އެންމެ އިސްކަންދެނީ އެފައިސާ އެންމެ ހައްގުކަންބޮޑު ފަރާތާ ހަވާލުކުރުމަށް ކަމަށާއި އެކަންކަން ކުރިއަށްދާނީ އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ހުއްޓިފައި ހުރި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތަކާއި، އަލަށް ބިނާކުރަންޖެހޭ މިސްކިތްތައް އެޅުމުގެ މަސައްކަތް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްދާކަމަށެވެ. މި ސަރުކާރު ހަވާލުވުމަށްފަހު މިހާރުވެސް 9 މިސްކިތެއް ބިނާކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

މިގޮތުން މިހާރުވެސް ހުޅުމާލެ ފޭސް ދޭއްގައި މިސްކިތަކާއި ފޭސް ތިނެއްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުގައިވެސް މިސްކިތްތަކުެގ އިތުރުން އިސްލާމިކް ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.