ބިބީގެ ޕޯސްޓަރު
ހަބަރު
18 Sep 2024 | 16:12
ފަރީދު ހޯދައިގެން ފަރީދާއެކު "ބިބީ" ބަލާލުމުގެ ފުރުސަތު ޑާކްރެއިނުން ދީފި

އައްޑުއަތޮޅު ހުޅުދޫއިން ފަރީދު ނަމަކަށް ކިޔާ ހާލެއް ގެއްލިގެން ހޯދަން ޖެހި ޕޯސްޓަކީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެ ވަރުގަދައަށް ހިނގި ސްޓޯރީއެވެ. ފަރީދު ހޯދުމަށް ޖެހި އެ ޕޯސްޓްގެ ވާހަކަ ސޯޝަލް މީޑިއާގެ އިތުރުން މަޝްހޫރު މީޑިއާތަކުން ވަނީ ގެނެސްދީފައެވެ.

ފަރީދު ގެއްލުނުފަހުން އެތައް އިރެއްވީއިރުވެސް އެ ހާ ފެނިފައެއް ނުވެއެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ޑާކްރެއިނުންވެސް މިހާރު ވަނީ ފަރީދު ހޯދުމުގެ ރޭހަށް ވަދެފައެވެ. ޑާކްރެއިނުގެ ވެރިޔާ އަދި "ބިބީ"ގެ ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގަ) މީގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައިވަނީ، ފަރީދު ހޯދާ މީހަކަށް ފަރީދާއެކު "ބިބީ" ބަލާލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ.

ޑާކްރެއިން/އަދި މޮގާގެ ޕޯސްޓް

ފަރީދު ހޯދުމުގެ ރޭހަށް ރާއްޖޭގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ނިކުމެފައިވާއިރު، ޑާކްރެއިނުން ވަނީ "ބިބީ" ގެ ޓިކެޓް ވިއްކަން އިއްޔެ ފަށާފައެވެ. މި ފިލްމްގެ ޓިކެޓް އޮލިމްޕަހުގެ އިތުރުން މެސެޖްކޮށްގެންވެސް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

"ބިބީ" ގެ ހޮޓްލައިން ނަމްބަރު 9911229 އަށް ވައިބާ /ވަޓްސްއަޕް މެދުވެރިކޮށް މެސެޖް ކޮށްލުމުން ބޭނުންވާ ޝީޓެއް ޓިކެޓް ނެގުމަށް، އޮންލައިނުކޮށް ޓިކެޓަށް ފައިސާ ދައްކާލެވޭނެއެވެ.

އާއިޝަތު ފުއާދު އަދި މުހައްމަދު އަލީ (މޮގަ) ޕްރޮޑިއުސް ކުރާ "ބިބީ" އަކީ،  ހޮރޯ/ކޮމެޑީ ފިލްމެކެވެ. މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޝަހުދާ މަހުމޫދެވެ. މިއީ އޭނާގެ ލިޔެ ޑައިރެކެޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުގެ ޕޯސްޓަރު ޑިޒައިންކޮށްފައިވަނީ ހޫދު އިބްރާހިމެވެ. ޕޯސްޓަރުގެ ލެޓަރިން އަބޯޝަފީއުއެވެ. އަދި ފިލްމުގެ ޓައިޓުލް މިއުޒިކް ތައްޔާރުކޮށްދިނީ ހުސައިން ތައުފީގެވެ.

"ބިބީ" މި ފިލްމުން ބިރުވެރި އަދި ހެއްވާ މަޖާ މަންޒަރުތައް ފެނިގެންދާއިރު، މި ފިލްމަކީ ޑާކްރެއިނުން މީގެ ކުރިން ގެނެސްދީފައިވާ ފިލްމްތަކާ މުޅިން ތަފާތު ފިލްމެކެވެ. ޑާކްރެއިނުން މީގެ ކުރިންވެސް ގެނެސްދީފައިވަނީ މުޅިން ތަފާތު ފިލްމުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.