ސްޓެފާނޯ ޕިއޯލީ
ކުޅިވަރު
18 Sep 2024 | 23:00
ލުއިސް ކާސްޓްރޯ މަގާމުން ވަކިކޮށް އަލް ނަސްރުގެ ކޯޗަކަށް ސްޓެފާނޯ ޕިއޯލީ ހަމަޖައްސައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރުން އެޓީމުގެ ކޯޗު ޕޯޗުގަލްގެ ލުއިސް ކާސްޓްރޯ މަގާމުން ވަކިކޮށް އެމަގާމަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު ސްޓެފާނޯ ޕިއޯލީ ހަމަޖައްސައިފިއެވެ.

އުމުރުން 63 އަހަރުގެ ލުއިސް ކާސްޓްރޯ މަގާމުން ވަކިކުރީ މިސީޒަނުގައި އެޓީމުގެ ނަތީޖާތައް ދައްވުމުގެ ސަބަބުންނެވެ. އަދި ކާސްޓްރޯގެ އިރުޝާދުގެ ދަށުން ފާއިތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި އަލް ނަސްރުން 63 މެޗު ކުޅުނު އިރު، އޭގެތެރެއިން 44 މެޗުން އެޓީމު މޮޅުވިއިރު، ބަލިވެފައިވަނީ ހަތް މެޗުންނެވެ. އަދި އަނެއް 12 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އަލް ނަސްރުގެ ކޯޗުކަމުގެ މަގާމައި މިއަދު ހަވާލުވި އުމުރުން 58 އަހަރުގެ ސްޓެފާނޯ ޕިއޯލީ 2019 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް މަސައްކަތްކޮށްފައިވަނީ އިޓަލީގެ އޭސީ މިލާނާ އެކުގައެވެ. އަދި ޕިއޯލީގެ އިރުޝާދުގެ ދަށުން 2022 ވަނަ އަހަރުގެ ލީގު ޗެންޕިއަންކަން އެޓީމުން ހޯދިއިރު، މިއަހަރުގެ ޖޫން މަހު ސައުދީ ލީގުގެ އަލް އިއްތިހާދުން ވެސް ވަނީ ޕިއޯލީގެ ހޯދުމަށް މަސައްކަތްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.