މަތީ ތައުލީމާ ބެހޭ ވަޒީރު މާރިޔާ
ހަބަރު
19 Sep 2024 | 15:27
މަތީ ތައުލީމަށް މިއަހަރު އެކަނިވެސް، 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިން: މާރިޔާ

މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 473 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ހަޔަރ އެޑިއުކެޝަން މިނިސްޓަރު ޑރ.މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާ އަދި ހާސިލްކުރެވުނު ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މާރިޔާ ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި 473 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ. 

މިނިސްތަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ދަރިވަރުންނަށް ހަމަޖައްސައި ނުދެވުނު ލޯނު ފައިސާވެސް ހަމަޖައްސައިދެމުން އަންނަ ކަމަށެވެ. މިގޮތުން ފައިސާ ދޫކުރުމުގައި ލަސްވެގެން ދަރިވަރެއްގެ ކިޔެވުމަށް ބުރޫއަރާގޮތް ދިމާވެއްޖެނަމަ މިނިސްޓްރީން އެކަމުގައި އެ ދަރިވަރަކު ކިޔަވާ ތަނަކާ ގުޅައިގެން ކަންކަން ހަމަޖައްސަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ބައެއް ދަރިވަރުން ލޯނަށް އެދޭއިރު، ހަމަޖެހިފައިވާ އުސޫލުން ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަޔަށް ފޮނުވަމުން ނުދާކަންވެސް ފާހަގަކުރައްވާފައެވެ.

ދަރިވަރުން ލޯނަށް އެދި ހުށަހެޅުމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ލޯނަށް އެދި ހުށަހެޅުމުގެ ކަންކަން އޮންލައިން ނިޒާމެއްގެ ދަށުން ކުރުމަށް ނިންމައި އެކަން ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވަނީ މިއަދު ވިދާޅުވެފައެވެ.

މިއަހަރުގެ މިހާތަނަށް ފުރަތަމަ ޑިގްރީގެ ކަންކަމުގައި 11،000 ހާހަށްވުރެ ގިނަ ދަރިވަރުންނަށް 115 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ވަނީ ދޫކުރެވިފައި

މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ދަރިވަރުންގެ ލޯނުގެ ކަންކަމުގައި މިދިޔަ ދުވަސްތަކުގައި މިނިސްޓްރީއަށް ގުޅި ފަރާތްތަކަށް މުއާމަލާތްކުރުމުގައި ދަތިތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެހެން އެ ދިމާވީ ދަރިވަރުންގެ އެކި ކަންކަމުގައި މިނިސްޓްރީއަށް ގުޅާ ފަރާތްތަކުގެ އަދަދު އިތުރުވުމުންކަމަށް ބެލެވޭ ކަަމަށާއި، މިގޮތުން އެއް ދަރިވަރެއްގެ ކަންތަކުގައި އެތައް ބަޔަކު ގުޅަމުންދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލްތަކަކާއި ހަމަތަކެއް ހުންނަކަމަށާއި، ބައެއް ފަހަރު ކަންކަން ލަސްވަނީ އެ ހުރިހާ ކަންކަމަށް ބަލަންޖެހޭތީކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރީން ވަނީ މިއަހަރުގެ މިހާތަނަށް ސްކޮލަރޝިޕްތަކަށް 103 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.