މިއަދު ފެށި ބަންކަރިން ހިދުމަތުގެ ތެރެއިން... ފޮޓޯ/ ދައުލަތުގެ މީޑިއާ
ހަބަރު
19 Sep 2024 | 18:35
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށައިފި

ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ބަންކަރިން ހިދުމަތަކީ މި ސަރުކާރުން ހިންގުމަށް ރާވާފައިވާ އިޤްތިސާދީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއެވެ. ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ އެކަމަށްޓަކއި މިއަދު ހއ ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ހިދުމަތް ފައްޓަވައިދެއްވީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ބަންކަރިން ހިދުމަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކުރުމުގެ ތެރެއިން ކުރިއަށްދާނެ ވަރަށް މުހިއްމު މަޝްރޫޢުއެއްކަމަށް ސަރުކާރުން މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

ބަންކަރިން ހިދުމަތް ފެށުމުގެ ތެރެއިން..

ބަންކަރިން ހިދުމަތް ފެށުމަށްޓަކައި އިހަވަންދިއްޕޮޅަށް ވަނީ އެ ހިދުމަތުގައި ބޭނުންކުރުމަށް 2 ބޯޓާއި ޓަޖު ބޯޓު އަދި ޕައިލެޓު ބޯޓު ގެންގޮސްފައެވެ. ބަންކަރިން ހިދުމަތުގައި މިހާރު 4000 ޓަނުގެ ދެ ތެޔޮބޯޓް ބޭނުންކުރާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ބޯޓުތައް ގެންނައުމަށް ވަނީ ހަމަޖެހިފައެވެ.

ބަންކަރިން ހިދުމަތުގެ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ، ބަންކަރިންގެ ހިދުމަތް ފެށުމުން، އަންނަ އަހަރުގެ ޖުލައި މަސް ފެށެންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ ގޮތުގައި މިހާރު އޮތް 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.

ބަންކަރިން ހިދުމަތާ ބެހޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެފައިވަނީ، މި ހިދުމަތާއެކު އިހަވަންދިއްޕޮޅުގައި މެރިޓައިމްގެ 14 ހިދުމަތެއް ފޯރުކޮށްދޭނޭ ކަމަށެވެ. 

ބަންކަރިންގެ ޚިދުމަތް މި މަހު އޮފް-ޝޯކޮށް ފެށިނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ބޯޓުތައް ހޯރަފުއްޓަށް ބަނދަރުކޮށްގެން ޚިދުމަތްދިނުމަށް އިހަވަންދިއްޕޮޅަށް ބޮޑު ބަދަލެއް ގެންނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ދެވަނަ ފިޔަވަހީގައި ހއ. ހޯރަފުށި ފަޅު ހިއްކައިގެން، އެތަނުގައި ތެޔޮ ޓާމިނަލަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރުން ހިމެނެއެވެ.

ރާއްޖެއާ ކައިރީ ބައެއް ޤައުމުތަކުން ބަންކަރިން ހިދުމަތްތައް ދެމުން އައިނަމަވެސް ރާއްޖެއިން މިކަމުގައި ކުރިހޯދާނީ ވާދަވެރި މާކެޓެއްގެ ތެރެއިންކަމަށްވެސް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.