ަބަންކަރިން ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯހގެ އެމްޑީ ޝިމާދު ވާހަކަދައްކަވަނީ..
ހަބަރު
19 Sep 2024 | 18:52
ބަންކަރިން ހިދުމަތް މިހާރު ދޭނީ އެންމެ ފައިދާ ނެރެވޭ ގޮތަށް: ޝިމާދު

ބަންކަރިން ހިދުމަތް މިއަދު ރާއްޖޭގައި ފަށާފައިވާއިރު، މިހާރު އެ ހިދުމަތްދޭނީ ފައިދާ ނެރެވޭ އެންމެ ރަނގަޅުގޮތަށްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށާފައެވެ. ބަންކަރިން ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަންކަރިން ހިދުމަތުގައި އެންމެ އިސްދައުރެއް އަދާކުރާ އެއް ކުންފުނި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، އެސްޓީއޯއިން ވިޓޯލް އާ ގުޅިގެން ބަންކަރިން ހިދުމަތް ފެށުމަށް ނިންމީ ލިބުނު ހުށަހެޅުންތަކަށް ބަލައި، މިވަގުތު މާކެޓްގައި އެންމެ ރަނގަޅަށް ބަންކަރިންގެ ހިދުމަތުގައި ހަރަކާތްތެރިވަނީ އެ ކުންފުނިން ކަމަށް ވާތީ ކަމަށެވެ.

ގާތްގަނޑަކަށް ހަމަސް ދުވަހުގެ މުއްދަތަކަށްފަހު ބަންކަރިން ހިދުމަތުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދާއިރު، ފުރަތަމަ ފަށައިގަންނާނީ ދެ ބާވަތެއްގެ ކާގޯއިން ކަމަށާއި އެއީ ޑީސަލް އަދި  ލޯ ސަލްފާ ފިޔުލް އިން ކަމަށެވެ. ޝިމާދު ވިދާޅުވީ ވިޓޯލްއާއެކު އެއްބަސްވުން ހަދައިގެން މަސައްކަތް ފެށި ހިސާބުން ހުށަހެޅުންތައް އަންނަން ފެށި ކަމަށާއި، ފުރަތަމަ މި ހިދުމަތް ދޭނީ ރާއްޖެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ ޔޮޓްތަކަށާއި، ބޮޑެތި ބޯޓްފަހަރުތަކަށް ކަމަށެވެ.

ހަމަ މިހެންދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން. އަޅުގަނޑުމެން މި މަޝްރޫޢު މި ފަށަނީ ވިޓޯލް އާއެކު އެއްބަސްވެފައިވާ ޒީރޯ ވަރކިން ކެޕިޓަލްއަކުން. މާނައަކީ ކާގޯ ފޯރުކޮށްދޭނީ ވިޓޯލުން ކާގޯ ވިއްކުމަށްޓަކައި އެހީތެރިވާނީ ވިޓޯލުން އަދި ކާގޯ ވިއްކައިގެން ލިބޭ ފައިސާއިން ވިޓޯލްއަށް ހޭދަކުރާނީ

އެސްޓިއޯގެ އެމްޑީ ޝިމާދު ވިދާޅުވިއެވެ. 

ޝިމާދު ވިދާޅުވީ ބަންކަރިން ހިދުމަތުގެ އިންފްރާސްޓަކްޗަރ ޤާއިމްކޮށްދިނުމަށް ވިޓޯލްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އޯފްޝޯގައި ބަންކަރިން ހިދުމަތް ކުރިއަށްގެންދިއުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކުރިއަށް ގެންދިއުމުގެ ހައްލެއް ނޫންކަން ފާހަގަކުރައްވަމުން ޝިމާން ވަނީ ކުރިއަށް އޮތްތަނުގައި ބަންކަރިން ހިދުމަތް ފުޅާކުރުމަށް ބިން ހިއްކައި ފިޔުލް ފާމްތަކާއި ޕޯޓެއް ތަރައްޤީ ކުރައްވާނޭ ކަމަށެވެ. 

ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކުރުމަށް މުހިއްމު ހިދުމަތެއްކަން ފާހަގަކުރައްވަމުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ރައީސްގެ ވިސްނުމާއެކު ބަންކަރިން ހިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު އިތުރު ހަރުފަތަކަށް ކުރިއަރާ ދާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.