ހިޔާ ޓަވަރު 2 ކުން އެއްލި އާފަލެއް
ހަބަރު
19 Sep 2024 | 20:03
ސްކޫލް ދޮށަށް ކުދިން ބަލާގޮސް ތިއްބައި، ހިޔާ ޓަވަރުން އާފަލު އުކައިފި

ސަލާހުއްދީން ސްކޫލް ދޮށަށް މިއަދު ހަވީރު ކުދިން ބަލައިގޮސް ތިއްބައި ހިޔާ ދެވަނަ ޓަވަރު އެޕާޓްމަންޓަކުން އާފަލު އުކައިފިއެވެ.

އެވަގުތު އެތަނުގައި ހުރި މީހަކު ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ބުނީ، އާފަލު އުކީ ހިޔާ ދެވަނަ ޓަވަރުގެ މަތީ ކޮންމެވެސް ފަންގިފިލައަކުން ކަމަށެވެ. ނަމަވެސް އާފަލު އުކި ފަންގިފިލައެއް ސާފެއް ނުވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވިނަމަވެސް ބައެއް މީހުންނަށް، އެވަގުތުގެ ގޮތުން ވަރަށްބޮޑު ނުތަނަވަސްކަމެއް ކުރިމަތިވިކަމަށް އެމީހުންގެ މޫނުމަތިން ދޭހަވިކަމަށް އޭނާ ބުންޏެވެ.

"ބޮޑަށް ބެލެވެނީ އެއީ އެއްލި އެއްޗެއް ކަމަށް. ގިނަ ބެލެނިވެރިންވެސް ބުނީ އެއީ ސީދާ އެއްލިއެއްޗެކޭ. އެގަޑިއަކީ ބެލެނިވެރިން ކުދިން ސްކޫލަށް ކުދިން ބަލައި ގޭޓް ތެރެއިން ވަދެގެންދިޔަ ވަގުތު. ނަސީބެއް ކުދިން ނެރުނު ގަޑިއާ ދިމާނުވިކަން އެހެންނޫނީ ކުއްޖެއްގެ ގައިގަ ޖެހުމުގެ ފުރުސަތު ވަރަށްބޮޑުވީސް" އެމީހާ ބުންޏެވެ.

މިއަދު ޓަވަރު ދޭކުން އެއްލި އާފަލެއް... ފޮޓޯ/ ވޮއިސްގެ ކިޔުންތެރިއެއް

ހިޔާ ޓަވަރުން އެއްޗެހި ވެއްޓުމާއި އުކުމަކީ އާއްމު ކަމެކެވެ. ހިޔާ ޓަވަރުމަތިން އެއްޗެހި ވެއްޓުމުގެ ހާދިސާގައި ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މިފަދަ ބައެއް ހާދިސާތަކުގައި ވަރަށް ނުރައްކާތެރި ހާލަތަށް ގޮސްފައިވެސް އެބަހުއްޓެވެ. 

ކޮމެންޓް
Ahmed Sobah
ބޮލުގަޖެހުނުނަމަ ހީނުކުރާވަރުގެ ގެއްލުމެއްވެސް ލިބިދާނެއެވެ. ތިއައީ އާދައިގެ ކަމަކަށްވުރެ ސީރިއަސްކަމެއް . ކަމާބެހޭ ފަރާތްތަކުން ތިކަންބަލާ ފިޔަވަޅު އަޅަންޖެހޭނެ !
19 Sep 2024
ތުއްރަވާސް
އަހަރެމެންގެ ތެރެއިން ބައެއް މީހުނަށްހީވެފައި އޮންނަނީ ތަހްޒީބަކީ ޗާލު ހެދުން އަޅާފަ އަގުބޮޑު ފޯނު ހިފައިގެން އުޅުން ކަމަށް. ތިޔަ ގޮތަށް ތަކެތި އުކުމަކީ ނާ ތަހްޒީބު އަމަލެއް.
19 Sep 2024
މަރްޔަމް
ލިޔުން ރަނގަޅަށް ނޫން އާފަލު ޖެހުނީ އުމުރުން ދުވަސްވީ އަންހެނެއްގެ ބަދައިގަ
19 Sep 2024
ކޮމެންޓޭ
ހިޔާ އުވާލަންވީ
19 Sep 2024
މުހައްމަދު
ތީ އާމުކަމެއް.
19 Sep 2024
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.