ފަގީރުންނަށް އެހީވުން
ދީން
20 Sep 2024 | 13:00
މާތް الله ލޯބިވެވޮޑިގެންވާ މީހަކަށް ވެވޭނެ ގޮތްތައް މިއަދުގެ ޚުތުބާއިން!

الله ސުބުޙާނަހޫވަތަޢާލާގެ ޙަޟްރަތުގައި ލޮބުވެތި އަޅަކަށް ވާން ބޭނުން މީހާގެ ޢަމަލުތައް ގުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި، މިއަދުގެ ހުކުރު ޚުތުބާގައި ކިޔައިދީފިއެވެ.

”އެންމެ މަންފާ ހުރި މީހާ“ މައުޟޫއަށް މިއަދު އިއްވި ހުކުރު ހުތުބާގައި ވަނީ، ކޮންމެ މީހަކީވެސް މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ މީހަކަށް ވެއްޖެ ނަމަ، الله އެމީހެއްދެކެ ލޯބިވެވޮޑިގަންނަވާނެ ކަމަށާ الله އެމީހެއް ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން އެމީހާގެ ޚިދުމަތުގައި ލައްވާނެ ކަމަށެވެ. ހަމަ އެހެންމެ އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ރަސޫލާ ސޢވ އާ ސުވާލުކުރެއްވުނެވެ. اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ، ކޮބައިތޯއެވެ؟ ޖަވާބުގައި ރަސޫލާ ސޢވ ޙަދީޘްކުރެއްވިއެވެ. (أَنْفَعُهُمْ لِلنَّاسِ، وَإِنَّ أَحَبَّالْأَعْمَالِ إِلَى اللهِ سُرُوْرٌ تُدْخِلُهُ عَلَى مُؤْمِنٍ: تَكْشِفُ عَنْهُ كُرْبَةً، أَوْ تَقْضِي عَنْهُدَيْنًا، أَوْ تَطْرُدُ عَنْهُ جُوْعًا. وَلَأَنْ أَمْشِيَ مَعَ أَخِي الْـمُسْلِمِ فِيْ حَاجَةٍ أَحَبُّ إِلَيَّمِنْ أَنْ أَعْتَكِفَ شَهْرَيْنِ فِيْ مَسْجِدٍ.) މާނައީ: (الله ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ) "މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާއެވެ. އަދި الله عَزَّ وَجَلَّ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ: އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުމެވެ. މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ތިމަންކަލޭގެފާނުގެ އަރިހުގައި ބޮޑުވެގެންވެއެވެ."

މި ޙަދީޘްފުޅުގައި، އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ސޢވ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެއީ މުސްލިމުންގެ ހިތްތައް ބާއްޖަވެރިކުރުވައި، ހިނިތުންވުން ގެނެސްދިނުން ކަމަށެވެ.

އެމީހުން ހިތުގައިނުޖެއްސުމެވެ. އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުމެވެ. މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ.

ޚުތުބާ

ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުންކަން ފާހަގަކޮށް ޚުތުބާގައި ވަނީ، ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތްކުރުމަށް ނަޞޭހަތްތެރިވެފައެވެ. އެގޮތުން އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީވެ އެ މީހުންގެ ކަރުނަތައް ފޮހެލަ ދިނުމަށް ނަސޭހަތްތެރުވެފައިވެއެވެ.

ލޮބުވެތި ނަބިއްޔާ ސޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِيْ عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيْهِ) މާނައީ:"ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިންމީހާގެ ކިބައިން، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް الله ފިއްލަވައިދެއްވާނެތެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާޚިރަތުގައި الله ލުއިފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު ފަޟީޙަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްނުކުރައްވައި الله ސަލާމަތްކޮށްދެއްވާނެތެވެ. اللهގެ އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުރިހައިހިނދަކު، الله އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެތެވެ." 

ޚުތުބާގައި ބުނެފައިވާ ގޮތުން، ރަސޫލުالله ސޢވ ޙަދީޘް ފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުމެވެ. ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމެވެ. ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުމެވެ. ނުވަތަ ދަރަނި އެއްކޮށް މާފުކުރުމެވެ.

މި ކަމުގެ ސަވާބުގެ މަތިވެރިކަމާ މެދު ލޮބުވެތި ރަސޫލާ zޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ لَهُ، أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تَـحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ މާނައީ: "ދަރަނި އަދާކުރަން ޖެހޭ މުއްދަތުގައި ދަރަނި އަދާނުކުރެވުނު، އަތްމަތި ދަތި މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނީން މިންވަރެއް އުނިކޮށްދިން މީހާއަށް ޤިޔާމަތްދުވަހުން ﷲއެ ކަލާނގެ ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެތެވެ." ކީރިތި ރަސޫލާ z އެކަމަށް ހިތްވަރުދެއްވައި އެ ކަމުގެ ސަވާބާއި ދަރުމައިގެ މަތިވެރިކަން  ބަޔާންކޮށްދެއްވަމުން ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ."ދަރަނި އަދާކުރުން ލަސްކޮށްދިން މީހާއަށް އެއީ ކޮންމެ ދުވަހަކު އެ މިންވަރުން ކުރެވޭ ޞަދަޤާތެކެވެ. އަދި ދަރަނި އަދާކުރުމުގެ އެ މުއްދަތު ހަމަވުމުން، އިތުރަށް ލަސްކޮށްދިނުމަކީ، އެ މިންވަރުން ކުރެވޭ ދެ ޞަދަޤާތެވެ." 

މީގެ އިތުރުން މާތް اللهގެ ޙަޟްރަތަށް ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން ކަމަށާ ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބައެއް ކަން ޚުތުބާގައި ފާހަގަކިރިއެވެ.

އަދި ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުން ކަމަށާ އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ