މުހައްމަދު ފައިސަލް (ކ)، މިއަދު ބޭއްވުނު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އިތިހާބަށްފަހު.. ފޮޓޯ: ސީބީއެމް
ކުޅިވަރު
20 Sep 2024 | 21:46
ސީބީއެމްގެ ރައީސް ކަމުގެ މަގާމަށް ފައިސަލް ދެވަނަ ދައުރަކަށް އިންތިހާބުކޮށްފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް ކަމުގެ މަގާމަށް، މިހާރުވެސް އެމަގާމުގައި ހުންނެވި މުހައްމަދު ފައިސަލް، މިއަދު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ. 

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކްރިކެޓް ބޯޑުގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އިންތިހާބުވި ފައިސަލް، މިއަދު ޝީ ބިލްޑިންގައި ބޭއްވި ސީބީއެމްގެ އިންތިހާބު ކާމިޔާބުކުރެއްވީ ކްރިކެޓްގެ އިސް ޚިދުމަތްތެރިއެއް ކަމަށްވާ ފަރުހަތު ޖަލީލްއާއި ވާދަކުރައްވައި ތިން ވޯޓުގެ ތަފާތަކުންނެވެ.

މި އިންތިހާބުގައި 17 ފަރާތަކުން ވޯޓު ލާފައިވާއިރު އޭގެ ތެރޭގައި، 16 ކްލަބެއްގެ އިތުރުން، ސްކޫލް ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި، ދަރުމަވަންތަ ސްކޫލް ހިމެނެއެވެ. އެގޮތުން މި އިންތިހާބުގައި ފައިސަލްއަށް 10 ވޯޓު ލިބިފައިވާއިރު ފަރުހަތަށް ލިބިފައިވަނީ، ހަތް ވޯޓެވެ.

މީގެ އިތުރުން ފައިސަލް ވަނީ މީގެ ކުރިން ސީބީއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ނައިބް ރައީސްގެ މަގާމު ވެސް އަދާކުރަށްވާފައެވެ. އެ ގޮތުން، ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވިއިރު، ނައިބް ރައީސަކަށް ހުންނެވީ 2012 އިން 2016 އަށެވެ.

މީގެ އިތުރުން މިހާރުވެސް، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް (ނޮން ވޯޓިން) ގައުމުުތައް ތަމްސީލްކުރާނެ މެމްބަރަކަށް ހުންނެވި ފައިސަލް ވަނީ، މިދިޔަ މެއި މަހު އެ މަގާމުގައި ވެސް އިތުރު ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ.

މިއަދުގެ އިންތިހާބުގައި ކްރިކެޓްގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޮވުނީ، އަހުމަދު އިޝްއާގު އެވެ. އޭނާ އަށް 10 ވޯޓު ލިބުނެވެ. ދެން، އެ މަގާމަށް ވާދަކުރި، އަހުމަދު އާމިރަށް ލިބުނީ ހަތް ވޯޓެވެ.
މީގެ އިތުރުން ފުލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، 17 ވޯޓު ކާމިޔާބުކުރި، އިސްމާއިލް ނަޝްވާން ނާސިރުގެ އިތުރުން، 10 ވޯޓު ހޯދި، އަބްދުﷲ ސައުދާން އިބްރާހިމް، އަހުމަދު އައްސަދު ވަހީދު އަދި މިދިޔަ ދައުުރުގެ ނައިބު ރައީސް، އަހުމަދު ހުސެއިން (ކުޑަދޮނާ) އެވެ. އަދި އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި ހޮވުނީ، ނުވަ ވޯޓު ހޯދި އަލީ ތޯލިބު އަދި އިބްރާހިމް މޫސާ އެވެ.
މީގެ އިތުރުން، ފަރުދީ މެމްބަރެއްގެ ގޮތުގައި ކުރިމަތިލި، އަހުމަދު ކަލީމް، ހޮވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި އޭނާ އަށް ނުވަ ވޯޓު ލިބުނުއިރު، ފަސް ވޯޓު ދެކޮޅަށް އަދި ތިން ވޯޓު ވަނީ ބާތިލްވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.