ތިނަދޫ ސިޓީ
ހަބަރު
21 Sep 2024 | 09:07
ތިނަދޫ ސިޓީގެ ބައެއް މަގުތަކުގައި ޓްރެފިކް ނިޝާން ހަރުކޮށް އަމަލުކުރަން ފަށަނީ

ތިނަދޫސިޓީގެ ބައެއް މަގުތަކުގައި ޓްރެފިކް ނިޝާންތައް އަންގައިދޭ ބޯޑުތައް ހަރުކޮށް، އެއާ އެއްގޮތަށް އަމަލުކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސަރުކާރުން ވަނީ ތިނަދޫ ސިޓީގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހަދައި، ބޮޑެތި ބައެއް މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މި މަސައްކަތް ކޮށްފައިވަނީ އާރުޑީސީންނެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫސިޓީ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، އެ ސިޓީގެ މަގުތަކުގައި ދިމާވާ ދަތިތަކާއި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މަގުތައް ބޭނުންކުރާނޭ ގޮތް އަންގައި ދިނުމަށްޓަކައި މި ވަގުތު ބައެއް މަގުތަކުގައި ޓްރެފިކް ނިޝާން ބޯޑުތައް މިހާރު ހަރުކޮށްފައިވާކަމަށެވެ. ތިނަދޫއަކީ ރާއްޖޭގެ ނިސްބަތުން މަގުތަކާއި ގޯޅިތައް ގިނަ ރަށެކެވެ.

ސައުދު ވިދާޅުވީ ތިނަދޫގައި ވަރަށް ބައިވަރު މަގުތައް ހުންނައިރު، މިވަގުތަށް މަގުތަކުގައި ނިޝާން ހަރުކޮށްފައިވާނީ އުޅަނދުތައް ގިނައި ދުއްވާ މަގުތަކާއި ރިސްކްބޮޑު ސަރަހައްދުތަކުގެ މަގުތަކުގައި ކަމަށެވެ. އެގޮތުން މިހާރު މަގުތަކުގެ ނިޝާންތައް ޖަހާފައިވާނީ ރައްޔިތުން އެންމެބޮޑަށް ބޭނުންހިފަމުން އަންނަ ސަރަހައްދުތަކުގެ މަގުތަކުގައި ކަމަށެވެ. މިގޮތުން މިހާރު ޓްރެފިކް ނިޝާން ބޯޑުތައް ހަރުކުރަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ސްކޫލްތަކާއި، ވިޔަފާރި އޭރިއާތަކުގެ އިތުރުން ކުޑަކުދިން ހަރަކާތްތެރިވާ ޕާކްފަދަ ތަންތަން ހިމެނެއެވެ.

އަމާޒަކީ މުޅި ރަށް އެއްކޮށް ބަދަލުކުރުން. ކަންކަން ބޮއްސުންލައިގެން ދިޔައީމާ ދެން އެކަމެއް ހައްލުކުރަން ވަރަށް އުނދަގޫވާނެ. ބޮއްސުން ލައިގެން ދިއުމުގެ ކުރިން ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ އޭގެ ރަނގަޅުކަން ފެންނާނެ. 

ވޮއިސްއާ ވާހަކަދައްކަވަމުން ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ތިނަދޫސިޓީގެ މަގުތަކުގައި ދުއްވާ އުޅަނދުތައް އިތުރުވަމުންދާނޭ ކަމަށާއި، މިހާރުވެސް އެކަން ފެންނަމުންދާކަމަށެވެ. އެހެންކަމުން އުޅަނދުތައް ގިނަވެ، ޓްރެފިކް މައްސަލަތައް އެކްސިޑެންޓާއި އެނޫންވެސް މައްސަލަތައް ފެންމަތިވުމުގެ ކުރިން މަގުތަކުގައި ދުއްވޭނޭ އުސޫލްތަކަކާއި، ޕާކްކުރެވޭނޭ ހަމަތަކެއް ކަނޑައަޅައި މިހާރު އެކަންކަން ތަންފީޒުކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތިނަދޫ ސިޓީ މަގުތަކުގައި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ ތެރެއިން

ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް އެކްސިޑެންޓްތައް ހިނގަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއެވެ. ބައެއް މަގުތަކުގައި ޓްރެފިކް ނިޝާން ބޯޑުތައް ޖެހި ނަމަވެސް މިއަދާ ހަމަޔަށް އާއިރު، ބައެއް ފަރާތްތަކުން ބޯޑުތަކަށް އަމަލުކުރަމުން ނުދާކަން ސައުދުގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ. 

ތިނަދޫކައުންސިލުން މިހާރު ވަނީ ބައެއް މަގުތަކުގައި ޓްރެފިކް ނިޝާން ބޯޑުތައް ހަރުކޮށް އެ ނިޝާންތަކާ އެއްގޮތަށް އަންނަ ބްރާސްފަތިދުވަހުން ފެށިގެން އަމަލުކުރަން ނިންމައި، އެކަން އާއްމުކޮށް އިއުލާނުވެސް ކޮށްފައެވެ. މިގޮތުން ބްރާސްފަތި ދުވަހުން ފެށިގެން ޓްރެފިކް ނިޝާންތަކަށް އިޖާބަ ނުދީ ދުއްވާ ފަރާތްތަކާމެދު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ތަންފީޒީ އިދާރާއިން ފިޔަވަޅުތައް އަޅަމުންދާނޭކަމަށްވެސް ތިނަދޫ ކައުންސިލުން ވަނީ އަންގާފައެވެ.

ތިނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި މިދިޔަ އަހަރުގެ މެއިމަހު ފެށިއިރު، ދެވަނަ ފިޔަވަހީގެ ދަށުން 14 މަގެއްގައި ވަނީ ތާރު އަޅާފައެވެ.

ތިނަދޫއަކީ ރާއްޖޭގެ ދެކުނުގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން އެންމެގިނައިން މީހުން ދިރިއުޅެމުން އަންނަ އެއް ރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގައި 12،000 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ތިނަދޫއަކީ ދިރިއުޅުމުގެ ވަސީލަތްތައް ލިބެންހުރި ރަށެކެވެ. މިގޮތުން ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކާއި ޔުނިވަރސިޓީ ލެވެލްގެ ކޯސްތައް އެރަށުގައި ހިންގަމުންދާއިރު، ރާއްޖޭގެ އެހެން ރަށްރަށާ އަލާބަލާއިރު، އެރަށުގައި އިގްތިސާދީ ވަސީލަތްތައްވެސް ޤާއިމްވެފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.