ބީއެމްއެލް ބޯޑަށް އަލަށް އައްޔަނުކުރި ޑިރެކްޓަރުން.. ފޮޓޯ/ ބީއެމްއެލް
ހަބަރު
21 Sep 2024 | 13:05
ބީއެމްއެލް ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަނުކުރުމަށް ނަން ފޮނުވި ޑިރެކްޓަރުން މިއަދު އައްޔަނުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް އައްޔަނުކުރުމަށް ފޮނުވި 3 ޑިރެކްޓަރުން އައްޔަނުކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި އީޖީއެމްގައެވެ. ބީއެމްއެލްގެ ބޯޑަށް އަލަށް އައްޔަނުކުރި ޑިރެކްޓަރުންނަކީ، މުހައްމަދު އަލީ ހަބީބް، އަލީ އިރުފާނުގެ އިތުރުން މުހައްމަދު ޝާހިދުއެވެ.

ބީއެމްއެލް ބޯޑުގައި ޗެއާމަން ހިމެނޭހެން 13 ބޭފުޅުން ތިއްބަވައެވެ. ބީއެމްއެލް ބޯޑަށް ސަރުކާރުންގެ ފަރާތުން 3 ޑިރެކްޓަރަކު އައްޔަނުކުރިއިރު، އިއްޔެގެ ވަގުތެއްގައި ސަރުކާރުގެ ޑިރެކްޓަރެއްގެ ގޮތުގައި ބޯޑުގައި ހުންނެވި އާއިޝަތު ސަޖްނީ ވަނީ އިސްތިއުފާދެއްވާފައެވެ. މީގެ ކުރިން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ކަރލް ސްޓުމްކަ އަދި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީންވެސް ވަނީ އިސްތިއުފާދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ، މިފަހުން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުމުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިންނެވެ. ސަރުކާރުން ބަގާވަތެއްގެ ގޮތުގައި ސިފަކޮށްފައިވާ، އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއްވެސް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.