ޓެކްސީއެއް-- ފޮޓޯ: ވޮއިސް
ހަބަރު
21 Sep 2024 | 13:21
ސެންޓަރެއްގައި ރަޖިސްޓްރީނުކޮށް ޓެކްސީ ހިދުމަތް ނުދެވޭ ގޮތަށް ހަދައިފި

ސެންޓަރެއްގައި ރަޖިސްޓްރީނުކޮށް ޓެކްސީ ހިދުމަތް ނުދެވޭ ގޮތަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ގަވާއިދު އިސްލާހުކޮށްފިއެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީނުކޮށް ވެސް ޓެކްސީ ހިދުމަތް ދެވޭނެ އެވެ.

2022 ވަނަ އަހަރުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަމުން އައިސްފައި ވީ ނަމަވެސް، އެ ވުޒާރާއިން މި ގެނައި އިސްލާހާއިއެކު، މީގެ ފަހުން ޓެކްސީގެ ހިދުމަތް ދެވޭނީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެފައިވާ ކާރުތަކަށް އެކަންޏެވެ.

މި ގަވާއިދު ބަޔާން ކުރާ ގޮތުން، ޓެކްސީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓްކޮށްފައިވާ އުޅަނދެއްކަމުގައި ވާންޖެހޭނެއެވެ. މީގެ އިތުރުން، ލައިސަންސަށް އެދޭއިރު އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓްކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިއީ ޓެކްސީ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގެނެވުނު އިސްލާހެކެވެ.

ކޮމެންޓް
މުހައްމަދު
ޓެކްސީ ޚިދުމަތް ދިނުމުގެ ތަމްރީނު ހަދާފައިވާ ޑްރައިވަރަކަށް ވުންމުހިއްމު ނުވަނެތޯ؟
21 Sep 2024
ގުޅޭ ލިޔުންތައް
13 Jun 2026
ސްޓޭޑިއަމުން ހުސްގޮނޑި ފެންނަ މައްސަލާގައި، ފީފާއަށް ގޯސްވީ ސަޕޯޓަރުން
ފީފާއިން ބުނީ ސްޓޭޑިއަމްގައި މެޗް ބަލަންތިބޭ މީހުންގެ އަދަދު މަދުވެ ހުސްގަނޑި ފެންނަނީ، ދަނޑަށް ވަންނަ މީހުން އެމީހުންގެ ގޮނޑިތަކުގައި އިށީނދެ ތިބުމުގެ ބަދަލުގައި، ސްޓޭޑިއަމްގެ އެތެރޭގައި ހުންނަ ހިނގާ މަގުތަކުގައި މެޗްބަލަން ތިބޭތީކަމަށެވެ
13 Jun 2026
އިންޑިއާ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ
50 މީހުންގެ ޖާގައިގެ 'އެންޓޮނޯވް އެން-32' މަރުކާގެ މަތިންދާބޯޓު އާސާމް ސްޓޭޓްގެ ޖޯރްހަޓްގައި އޮންނަ އެއާބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް، އެ ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް ނުވަތަ ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ
13 Jun 2026
ކޮރަޕްޝަން ނައްތާލެވޭނީ ސިވިލް ސާވިސް މުއައްޒަފުންނަށް: ޝަފީއު
މާލީބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވަނީ އިދާރީ ނިޒާމްގެ ތެރެއިން ހިންގޭ ނޭދެވޭ ކަންތައްތަކުގެ ސަބަބުން
13 Jun 2026
ވަތަނީ ހިދުމަތުން ސިފައިންގެ ހިދުމަތަށް ކުރިމަތިލީ ބައިވެރިންނަށް ރައީސް ހިތްވަރު ދެއްވައިފި
ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ، 137 ދަރިވަރުން ވަނީ ބައިވެރިވެފައެވެ
13 Jun 2026
ދ.މީދޫ ކައުންސިލް ރައީސް ހޯވުމަށް ވޯޓުލުން ކުރިއަށްދަނީ
އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ދެވަނަ ފަހަރަށް ވޯޓުނެގުން ކުރިއަށްގެންދަން ޖެހުނީ ހައިކޯޓުގެ އަމުރަކާ ގުޅިގެންނެވެ
13 Jun 2026
ޕަރަގުއޭ ބަލިކޮށް ވަރލްޑްކަޕްގެ ފެށުން އެމެރިކާ ރަނގަޅުކޮށްފި
އެމެރިކާއިން ޕަރަގުއޭ ބަލިކުރިއިރު، މިއި ވަރލްޑްކަޕްގައި އެޓީމަށް ނެރެވުނު އެންމެ ރަނަގޅު ނަތިޖާއެވެ.
13 Jun 2026
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު
ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ
13 Jun 2026
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން
މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ