ލުބުނާން އަށް ޔަހޫދީން ދިން ހަމަލާ-- ފޮޓޯ: ސީއެންއެން
ދުނިޔެ
22 Sep 2024 | 11:44
އިސްރާއީލުން ލުބުނާނަށް ހަމަލާދީ 37 މީހުން ޝަހީދުކޮށްލައިފި

އިސްރާއިލުން ލުބުނާނުގެ ވެރިރަށް، ބޭރޫތު އަށް ހަމަލާދީ 37 މީހުން ޝަހީދުކޮށްލައިފިއެވެ.

މީހުން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އިސްރާއީލުން ހިޒްބުﷲގެ ކޮމާންޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.

މި ހަމަލާ އާއި ގުޅިގެން ހިޒްބުﷲއިން ބުނީ އެ ޖަމާޢަތުގެ 16 މެންބަރުން މަރުވެފައިވާ ކަމަށާއި، މީގެ ތެރޭގައި އެ ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ އިބްރާހީމް ޢަޤީލް އާއި ކޮމާންޑަރެއް ކަމަށްވާ އަޙްމަދު ވަހްބީ ހިމެނޭ ކަމަށެވެ.

ލުބުނާނުގެ ސެކިއުރިޓީ މަސްދަރެއް ބުނާ ގޮތުގައި މި ހަމަލާގައި އެތައް ބަޔަކު ދިރިއުޅެމުންދިޔަ އުސް ޢިމާރާތެއް ބިމާއި ހަމަކޮށްލާފައިވާއިރު، އެ ސަރަހައްދުގައި ހުރި ކުޑަކުދިންގެ ނާސަރީއަކަށް ގެއްލުން ލިބިފައިވެއެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން  ބުނާ ގޮތުގައި މިހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 3 ކުދިންނާއި 7 އަންހެނުން ހިމެނެއެވެ.

އެއާއިއެކު، ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ލުބުނާނުގައި ޝަހީދުވި މީހުންގެ އަދަދު 39 އަށް އަރާފައިވާއިރު، 3000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.