ފަޒީލާ އުސްމާން: ފޮޓޯ/ ފަޒީސް ހިޖާމާ
ހަބަރު
24 Sep 2024 | 12:31
ހުއްދަ ނެތި ހިޖާމާ ޖަހައިދޭތީ ފަޒީސް ހިޖާމާ ބަންދުކޮށްފި!

ހިޖާމާ ޖެހުމުގެ ހުއްދަ ލިބެންދެން އެކަން ހުއްޓާލަން ފަޒީސް ހިޖާމާ ކްލިނިކުގެ ވެރިޔާ ފަޒީލާ އުސްމާނަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން މިއަފު ބުނީ، ހުޅުމާލޭގައި ހިޖާމާ ޖެހުމުގެ ޚިދުމަތް ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް ހެލްތު މިނިސްޓްރީން އެދުމާ ގުޅިގެން ފުލުހުން އެ މައްސަލައާ ގުޅޭ ކަންކަން ބަލާފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ކްލިނިކުގެ ވެރިފަރާތް ކަމަށްވާ ފަޒީލާއަށް ނަސޭހަތްތެރިވެ، ޤާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށާއި، މިހާރު ދެމުން ގެންދާ ހިޖާމާ ޖެހުމުގެ ޚިދުމަތް، ހުއްދަ ލިބެންދެން ހުއްޓާލުމަށް ލިޔުމުން އަންގާފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ފަރާތުން މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ދެމުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަޙުޤީޤަށް ލިބެންޖެހޭ އެއްބާރުލުން ކްލިނިކުގެ ވެރިފަރާތުން ދެމުން ގެންދާ ކަމަށެވެ. އަދި ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށެވެ. 

ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ނެރުނު ބަޔާނެއްގައި ވަނީ ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެންސް ލިބެންދެން އެ ތެރަޕީގެ ހިދުމަތްތައް ހުއްޓާލުމަށް ފަޒީލާއަށް އަންގާފައިވާ ކަމަށެވެ. އެއާ ހިލާފަށް މަސައްކަތްކުރާ ނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދިންކަމަށް ބުނެފައެވެ. 

އަދި ފަޒީލާގެ ހިޖާމާ ހިދުމަތް ޕްރޮމޯޓް ކުރަން ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށް ވެސް އަންގާފައިވާއިރު މީސްމީޑިއާގއއި އޭނާ އާއްމު ކުރާ ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރު ނުވާތީ އެ ރިޕޯޓުތައް ނެގުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. 

ހުއްދަ ނެތި ހިޖާމާ ޖަހާތީ އެކަން ނުކުރަން ތަކުރާރުކޮށް ފަޒީލާއަށް މީގެ ކުރިން ވެސް އަންގާފައުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ހެލްތު މިނިސްޓްރީގެ ހުއްދަ ނެތި މިފަދަ ޚިދުމަތްތައް ދިނުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.