އެމެރިކާގެ ސިފައިންގެ މީހުން
ދުނިޔެ
24 Sep 2024 | 14:16
އެމެރިކާގެ ފައުޖުތައް އަނެއްކާވެސް މެދުއިރުމައްޗަށް

އިސްރާއީލުން ލުބުނާނަށް ހަމަލާތައް ހަރުކަށިކުރުމާއެކު އެމެރިކާއިން އިތުރު ސިފައިން މެދުއިރުމައްޗަށް ފޮނުވަން ނިންމާފައިވާކަން ޕެންޓަގަނުން ބުނެފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ބުނި ގޮތުން އިޒުރޭލަށް އެއްބާރުުން ދިނުމުގައި އެމެރިކާ އުމުރަށް ދެމިއޮންނާނެ އެވެ.

މިހާރުވެސް މެދުއިރުމަތީގައި އެމެރިކާގެ 40،000 އަށްވުރެ ގިނަ ސިފައިން ތިބިއިރު، އިތުރަށް ފޮނުވާ ސިފައިންގެ އަދަދު ޕެންޓަގަނުން ހާމަކޮށްފައެއް ނުވެއެވެ. ޕެންޓަގަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ބުނި ގޮތުގައި، މެދުއިރުމަތީގެ ހަލަބޮލިކަން އިތުރުވެފައިވާތީ، މިހާރު އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބާރުތަކަށް އިތުރު ބާރު ލިބިދިނުމަށްޓަކައި މަދު އަދަދެއްގެ އިތުރު ސިފައިން ފޮނުވަނީކަމަށްށެވެ.

ލުބްނާނަށް ދޭ ހަމަލާތަކުގައި 490 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަޖީމު މީގާތީ ވިދާޅުވި ގޮތުގައި އިޒުރޭލުގެ ވިސްނުމަކީ ޣައްޒާއަށް ހެދި ގޮތް ލުބްނާނަށް ހަދައި، މުޅި ތަން ފަޅުކޮށްލުންކަމަށާއި މިއީ ބައިނަލްއަގްވާމީ އިދާރާތަކުން ހުއްޓުވައި މަނާކުރަން ޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާން ދަނިއަލް ހަގާރީ ބުނީ އިޒުރޭލު ބޯޑަރުން ފެށިގެން 80 ކިލޯ މީޓަރު ރައްކާތެރި ނުވާނެ ކަމަށެވެ. އަދު އާންމު ރައްޔިތުންނަށް ގެއްލުމެން ސަލާމަތް ވާނީ ރައްކާތެރި ތަނަކަށް ދިއުމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ހިޒްބުﷲއިން ވެސް އިސްރާއީލުގެ ގިނަ އަސްކަރީ ތަންތަނަށް ރޮކެޓް ހަމަލާ ދަނީ ދެމުންނެވެ. މީގެ ތެރޭގައި ހައިފާގެ އުތުރުގައި ހުންނަ ރަފައެލް އިލެކްޓްރޯނިކްސް ކުންފުނި ހިމެނެއެވެ. މިއީ ހިޒްބުﷲއިން ހައިފާގެ އަސްކަރީ ތަންތަނަށް ހަމަލާދިން ދެވަނަ ފަހަރެވެ.

މީގެ ތެރެއިން ގިނަ މިސައިލްތައް އިޒުރޭލުގެ އަޔަން ޑޯމުން ވައްޓާލި ނަމަވެސް ބައެއް މިސައިލްތައް އިޒުރޭލުގެ އަވަށްތަކަށް ވެއްޓި ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.