ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލް
ހަބަރު
24 Sep 2024 | 14:05
ހައިވޭއިން ސޯލާ ޕެނަލްތައް ބަދަލުކުރުމަށް މަޝްވަރާ ކުރަނީ

ހައިވޭއިން ސޯލާ ޕެނަލްތައް ނަގައިގެން ބަދަލުކުރުމާ ގުޅޭ ގޮތުން ކޮންޓްރެކްޓަރާއި ވޯލްޑް ބޭންކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް، އެންޑް އެނާޖީ ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހައިވޭގައި ސޯލާ ޕެނަލް މަޝްރޫޢު އަކީ، ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިން ނިންމި މަޝްރޫއު އެކެވެ.

އެހެން ނަމަވެސް، އެ ސޯލަރ ޕެނަލްތައް މިހާރު ހުރިގޮތުން ހައިވޭ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފައްދަމުންދާތީއާއި ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލޭތީ އެ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. 

މިކަމާއި ގުޅިގެން ވަޒީރު ޠާރިގު ވިދާޅުވީ އެ ޕެނަލްތައް ބަދަލު ކުރުމަށް ކޮންޓްރެކްޓަރާ އަދި ވޯލްޑް ބޭންކާއެކު މިހާރު ވާހަކަދައްކަމުންދާކަމަށާއި، އެކަމުގައި ދެން ޢަމަލުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރަމުންދާކަމަށެވެ.

“ސަރުކާރުގެ އެސެޓަކަށް ނުވާތީ އެއްފަހަރާ އެކަން ކުރަން އުނދަގޫ. ކޮންޓްރެކްޓަރާ ވޯލްޑް ބޭންކާއެކު ވާހަކަދައްކަމުން މިދަނީ، އެހެން ތަނަކަށް ބަދަލުކުރަން ހޭދަވާނެ ފައިސާގެ މިންވަރާއި އެކަން ކުރެވޭނެ ގޮތަކާމެދު.”

ވަޒީރު ޠާރިޤު

މީގެ ކުރިން މިނިސްޓްރީން ބުނެފައިވާ ގޮތުން، ހައިވޭގައި ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރެވެ. އަދި އެ ޕެނަލްތައް ބަދަލުކުރުމަށް އިތުރު 11 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. އެއީ ގާތް ގަނޑަކަށް 170 މިލިޔަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.