ޕީކޭ ފުޓްސަލް އެކަޑަމީގެ ޕްރެކްޓިސް ކުރިއަށްދަނީ...
ކުޅިވަރު
24 Sep 2024 | 13:44
ޕީކޭ ފުޓްސަލް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި މިހާރު ހިންގަމުން އަންނަ އެންމެ ބޮޑު އެއް ފުޓްސަލް އެކަޑަމީ "ޕީކޭ ފުޓްސަލް އެކަޑަމީ" ގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ޕީކޭ އެކަޑަމީގެ ފަރާތުން އަބްދުﷲ ނަސީރު (އަބޯ) ކޯޗު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި މިއެކަޑަމީއަކީ ރާއްޖޭގައި ހުނަރުވެރި ފުޓްސަލް ޖީލެއް ބިނާކުރުމުގެ މަގުސަދުގައި މިއަހަރުގެ ޖުލައި މަހު ފެށި މަސައްކަތެކެވެ. 

އެކަޑަމީގެ އެންމެ ބޮޑު މަގުސަދަކީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަމްރީނުތަކަކާއެކު ވާދަވެރި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުވެ. އެގޮތުން ވިލިމާލޭގައި އެންމެ ފަހުން ބޭއްވި 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި ވެސް މިއެކަޑަމީގެ ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވެސް އެކަޑަމީގެ ޓީމުތައް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ވާހަކަދައްކަމުން އަބޯ ކޯޗު ބުނީ އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އަލުން މި ހުޅުވާލީ ގިނަ ބެލެނެވެރިންތަކެއް އެކަމަށް އެދެމުންދާތީ ކަމަށެވެ.  

އެގޮތުން މިހާރުވެސް މިއެކަޑަމީގައި 100 އަށްވުރެ ގިނަ ކުދިން ތަމްރީނު ހަދަމުން އަންނައިރު، އެކަޑަމީގެ ޓްރޭނިން ސެޝަންތައް ކުރިއަށް ދަނީ ހޮނިހިރު، ހޯމަ އަދި ބުދަ މިތިން ދުވަހުގެ ވެސް ކޮންމެ ދެވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ. 

މީގެ އިތުރުން އެކަޑަމީގެ ތަމްރީނުތައް ދެ އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްދާއިރު، އޭގެތެރޭގައި ހިމެނެނީ 16 އަހަރުންދަށް އަދި 16 އަހަރުން މަތީގެ އުމުރުފުރާއެވެ. އެގޮތުން 16 އަހަރުން ދަށުގެ އުމުރު ފުރާގައި ހިމެނެނީ 14 އަހަރުފުރި 16 އަހަރު ނުފުރޭ ކުދިންނެވެ. އަދި 16 އަހަރުން މަތީގެ އުމުރުފުރާގައި ހިމެނެނީ 16 އަހަރު ފުރި 24 އަހަރުނުފުރޭ ކުދިންނެވެ.

މީގެ އިތުރުން އެކަޑަމީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމަތު ހޯއްދެވުމަށް 7921313، 9681012 ނަންބަރު ފޯނަށް ގުޅުއްވުމަށް ވަނީ އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.