ދިވެހިރާއްޖޭގެ ފަރާތުން އދ ގެ ދެ މުޢާހަދާއެއްގައި ބައިވެރިވުމުގެ ލިޔުން ހުށަހަޅަނީ-- ފޮޓޯ: މިނިސްޓްރީ
ހަބަރު
25 Sep 2024 | 11:35
ބީބީއެންޖޭ މުޢާހަދާ އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ރާއްޖެއިން ތަސްދީގުކޮށްފި

އދގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖޭ) އާއި، މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ، އދ އަށް ހުށަހަޅައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމެރިކާގެ ނިޔުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވުނު ހަފްލާއެއްގައި ދިވެހިރާއްޖޭގެ ފަރާތުން ދެ މުޢާހަދާއެއްގައި ބައިވެރިވުމުގެ ލިޔުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ހުށަހަޅުއްވާފައިވާ ކަމަށެވެ.

މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މި މުޢާހަދާ ތަންފީޒުކުރުމުން މުޢާހަދާގެ ދަށުން ޢަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި މަރކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި ފޭސް-އައުޓްކޮށް އޭގެ ބަދަލުގައި ބޭނުންކުރެވޭނެ ޢާލާތްތައް ފާހަގަކޮށް، އެތަކެތި ނައްތާލުމުގައި ކަނޑައެޅިފައިވާ، ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރުއެޅިގެން ދިޔުމާއި، މިކަން ތަންފީޒުކުރުމަށް މުޢާހަދާގެ ދަށުން މާލީ އެހީ ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި މުޢާހަދާ ތަންފީޒުކުރުން ވެގެންދާނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް މަރކިއުރީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށެވެ.

ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަޤްޞަދުގައި އދ ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާގައި 147 ގައުމަކުން ވަނީ މިހާތަނަށް ބައިވެރިވެފައެވެ.

ރާއްޖެއިން މި މުއާހަދާގައި ބައިވެރިވުމާއިއެކު، ރާއްޖެ ވެފައިވަނީ މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީގައި ބައިވެރިވި 150 ވަނަ ޤައުމަށެވެ. މިއީ ރާއްޖެއިން 2017 ވަނަ އަހަރުން ފެށިގެން  ތަސްދީޤުކުރުމަށް މަސައްކަތްކުރަމުން އަންނަ މުޢާހަދާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) 

އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު އެއްބަސްވުން ކަމުގައިވާ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖެއިން ބީބީއެންޖޭ އެއްބަސްވުމުގައި 3 ސެޕްޓެމްބަރު 2024 ގައި ސޮއިކުރުމާއިއެކު ރާއްޖެ ވެގެން ގޮސްފައިވަނީ މި އެއްބަސްވުމުގައި ބައިވެރިވި 8 ވަނަ ޤައުމަށެވެ.

ދުނިޔޭގެ 83 ޤައުމަކުން މިހާތަނަށް ވަނީ ސޮއިކޮށްފައިވާ މި މުޢާހަދާ އަކީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ. މިއީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަން މީގެ ކުރިން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މި ދެ މުޢާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން 13 މެއި 2024 ގައި ފާސްކުރިއިރު، ބީބީއެންޖޭ ގައި ސޮއިކުރުމުގެ މުއްދަތު  20 ސެޕްޓެމްބަރު 2025 ގައި ހަމަވާކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

 ކަނޑާއި އޭގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، މަރކިއުރީ ފަދަ ނުރައްކާތެރި މަޢުދަނުތަކުން އިންސާނުންގެ ފުރާނައާއި، ދިރިއުޅުމާއި، ޢާންމު ޞިއްޙަތާއި ތިމާވެށި ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން އިސްކަން ދެއްވާކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.