މީހަކު ވެޕްކުރަނީ. ފޮޓޯ/އިންޓަރނެޓް
ހަބަރު
25 Sep 2024 | 21:32
ދުންފަތުގެ ބާވަތްތަކާއި ވޭޕް އެތެރެކުރުން މަނާކުރުމަށް، ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި

ދުންފަތުގެ ބާވަތްތަކާއި، ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ދިވެހި ޑޮކްޓަރުންގެ އެންމެބޮޑު މަދަނީ ޖަމިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ. 

ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މުޅި ދުނިޔެއަށާއި ދިވެހި ރާއްޖޭގައިވެސް މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތައްކަމަށެވެ. ދުންފަތާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ މިފަދަ ބަލިތަކަށް މަގުފަހިކުރުވުމަށް އިސް ރޯލެއް އަދާކުރާ ކަމެއްކަން ދިރާސާތަކުން ފާހަގަކުރޭކަމަށާއި، މިފަދަ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ހަކުރުބަލި އަދި ސްޓްރޯކް ހިމެނޭކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި އުމުރުން 18 އަހަރުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރާކަން ހެދިފައިވާ ދިރާސާތަކުން ދައްކާކަން ފާހަގަކުރަމުން އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށެވެ. މީގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިކުރުވާކަން ދިރާސާތަކުން ދައްކާކަމަށްވެސް މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން އެ އުފެދޭ ދުމުން ނުސީދާ ގޮތެއްގައި ކުޑަކުދިންގެ ނޭވާ ހިއްލުމާ ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި، ލޭގެ ކެންސަރު ޖެހުންފަދަ ސިއްހީ މައްސަލަތައް ދިމާވެއެވެ. އަދި މާބަނޑު މީހުން ބައިގެން ދިއުމާއި، ދުވަސްނުފުރާ ވިހެއުން، އުފަންވާއިރު ދަރިފުޅުގެ ބަރުދަން ލުއިވުންފަދަ ސިއްހީ މައްސަލަތައް ދިމާވެއެވެ.

މީގެ އިތުރުން ވޭޕް  އަދި އިލެކްޓްރޯނިކް ސިނގިރޭޓުން ލިބޭ ގެއްލުން ކުޑަކަމަށް ބެލެވުނު ނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި އޭގެންވެސް ސިއްހަތަށް ގެއްލުންވާކަން އެނގޭކަމަށްވެސް  މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ވޭޕްފަދަ އާލާތްތައް ބޭނުންކުރުމުން ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރުވާކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނެފައިވަނީ، މެންތޯލް އަދި ސިނަމަން ފަދަ ފްލޭވާތަކަކީ ފުއްޕާމޭ ހަލާކު ކުރުވާ މައިގަނޑު ފްލޭވާކަން ދިރާސާތަކުން ފާހަގަކުރެވޭކަމަށެވެ.

އެ އާލާތްތަކުގައި މަސްތުވާތަކެތި ގަޑުބަޑުކުރުމުގެ ފުރުސަތު ބޮޑުކަމަށާއި، އެއިން މަސްތުވާތަކެއްޗަށް ދެވިހިފުންވެސް އިތުރުވެގެންދާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުގެ މި ބަޔާނުގައި ވަނީ، ދުންފަތުގެ ބާވަތްތަކާއި، ވޭޕް ރާއްޖޭގައި މަނާކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ކަމާބެހޭ އިދާރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.