ރަފައެލް ވަރާން
ކުޅިވަރު
26 Sep 2024 | 04:28
ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ވަރާން ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

އިޓާލިއަން ސެރިއޭގެ ކޮމޯއަށް ކުޅެމުންއައި ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރު ރަފޭލް ވަރާން، ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ބުދަ ދުވަހު އިއުލާނު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ވަރާން އުމުރުން 31 އަހަރުގައި ކުޅުން ހުއްޓާލީ އަނީޔާގެ ސަބަބުންނެވެ.

ފްރާންސްގެ ލެންސުން 2010 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ވަރާން ވަނީ އެ ކްލަބުގައި އެއް ސީޒަން ހޭދަކުރުމަށްފަހު ޖެހިގެންއައި 2011 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އަދި ރެއާލްގައި ހޭދަކުރި 10 އަހަރު ތެރޭގައި އެނާ ވަނީ އެކުލެބާއެކު 18 ތަށްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ތިން ލަލީގާ ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.

ރެއާލް މެޑްރިޑްގައި ހޭދަކުރި ކާމިޔާބު 10 އަހަރަށްފަހު، ވަރާން ވަނީ 2021 ވަނަ އަހަރު ރެއާލް ދޫކޮށް ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. އަދި ޔުނައިޓެޑުގައި ހޭދަކުރި ތިން އަހަރުތެރޭގައި އެޓީމަށް 95 މެޗު ކުޅެ ޔުނައިޓެޑާއެކު އެނާ ވަނީ އިގިރޭސި ލީގު ކަޕާއި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.  

މީގެ އިތުރުން 2013 ވަނަ އަހަރު ފްރާންސް ސީނިއާ ޓީމަށް ކުޅެން ފެށި ވަރާން ވަނީ ގައުމީ ޓީމަށް 93 މެޗު ކުޅެފައެވެ. ފުރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2021 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕްގެ ފައިނަލުން ޖާގަހޯދި ފުރާންސް ޓީމުގައި ވެސް ވަރާން އަކީ މުހިންމު ކުޅުންތެރިއެކެވެ.

ވަރާން އިޓަލީގެ ކޮމޯއަށް ބަދަލުވީ މިއަހަރުގެ ޖުލައި މަހު ހިލޭ ޓްރާންސްފާއެއްގައި ތިން އަހަރު ދުވަހުގެ އެއްބަސްވުގެ ދަށުންނެވެ. ނަމަވެސް އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އިޓާލިއަން ކަޕްގައި ސަމްޕޯރިއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވަރާންގެ ކަކުލަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އަދި ސެޕްޓެންބަރު މަހު ކޮމޯއިން ވަނީ އެޓީމުގެ ސްކޮޑުން ވަރާންގެ ނަން އުނިކޮށްފައެވެ. 

"އަހަރެން ބޭނުންވަނީ އެންމެ މަތީ ފަންތީގައި ހުރެ ކުޅުން ހުއްޓާލަން. ފުޓުބޯޅައަށް ކިތަންމެ ލޯތްބެއް ދޭ ނަމަވެސް، ފުޓުބޯޅައިގައި އަސްލު ފެންވަރު ނުދެއްކޭނަމަ ކުޅުމުގައި ދެމި ހުންނާކަށް ބޭނުމެއް ނުވޭ. އަހަރެން ވަރަށް ހިތްވަރު ގަދަކޮށްފައި ހުއްޓާލަން މި ނިންމީ،" ވަރާން އިންސްޓަގްރާމްގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.