ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރެޓް އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުގެ ތަގުރީރު ކުރައްވަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
26 Sep 2024 | 11:16
ޔަހޫދީން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން ގައުމުތަކުން ގޮވާލައިފި

ލުބުނާނަށް އަމާޒުކޮށް ޔަހޫދީ ސިފައިން ދެމުންގެންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން ގައުމުތަކުން ގޮވާލައިފިއެވެ.

މިގޮތުން އެމެރިކާއާއި ފްރާންސްއިން ވަނީ ލުބުނާނާއި އިސްރާއީލާއި ދެމެދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ، މި މައްސަލަ ޑިޕްލޮމެޓިކް ގޮތުން ހައްލުކުރުމަށް މަގުފަހިކުރުމަށްޓަކައި 21 ދުވަހަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަށް ގޮވާލާފައެވެ.

މި ގޮވާލުމަށް އިތުރު 10 ޤައުމަކާއި ޖަމާޢަތަކުން ތާއީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، އޮސްޓްރޭލިއާ، ކެނެޑާ، ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، ސަޢޫދީ ޢަރަބިއްޔާ، އެމިރޭޓްސް، އަދި ޤަޠަރެވެ.

މި ގައުމުތަކުން ވަނީ 2006 ވަނަ އަހަރުގެ ދެވަނަ އަހަރު، ޔަހޫދީން ލުބުނާނަށް ދިން ހަމަލާތައް ހުއްޓާލުމަށް ޝަރުޠުތައް ކަނޑައެޅި އދ ގެ ސަލާމަތާއި ބެހޭ މަޖިލިސް  (ޔޫއެންއެސްސީ) ރެޒޮލިއުޝަން 1701 ގެ މައްޗަށް ބިނާކޮށް ހައްލެއް ގެނައުމަށް އެއްބަސް ވުމަށް އެދިފައެވެ.

މީގެ އިތުރުންވެސް، މި ގައުމުތަކުން ވަނީ ޔޫއެންއެސްސީ ރެޒޮލިއުޝަން 2735 ގެ ދަށުން ފާސްކުރެވުނު މެއި 31 ގެ ޣައްޒާ ގަތުލުއާއްމުގައި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށް ވެސް ގޮވާލާފައެވެ.

މި އެއްބަސްވުމުގެ ބޭނުންތަކުގެ ތެރޭގައި ދެގައުމު ގެ ރައްޔިތުން، ބޯޑަރު ހުރަސްކޮށް އެނބުރި ގައުމަށް ދެވޭނެ މަގު ފަހިކުރުން ވެސް ހިމެނެއެވެ.

މިފަދައިން ގައުމުތަކުން ގޮވާލާފައިވާއިރު، އެމެރިކާ އާއި ފްރާންސް ގުޅިގެން، ލުބުނާނަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ހުއްޓުވުމާއި ގުޅޭ ޕްލޭނެއް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.