ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް...
ހަބަރު
26 Sep 2024 | 14:43
އެކްސިޑެންޓްތައް އިތުރުވުމާއެކުހެން، ފާރުގަނޑުގައި އަޅާބޭސް ހުޅުމާލެއިން ހުސްވެއްޖެ

އެކްސިޑެންޓްތައް ހިނގާ އަދަދު އިތުރުވުމާއެކު، ހުޅުމާލޭގެ ބޭސްފިހާރަތަކުން ފާރުގަނޑުގައި އަޅާބޭސް ހުޅުމާލެއިން ހުސްވެއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނީ، އެކްސިޑެންޓް ފަދަ ހާދިސާތަކުގައި ގައިގެ ތަންތަން މަށައިގެން ދިއުމުން އުނގުޅުމަށް ބޭނުންކުރާ އޮއިންޓްމަންޓްތައް ހުޅުމާލޭގެ ބޭސްފިހާރަތަކުން މުޅިން ހުސްވެފައި ހުރިކަން ފާހަގަކޮށްފައެވެ. އެހެންވެ ބޭސް ގަންނަން ބޭނުންނަމަ މިހާރު ޖެހެނީ މާލެ ދާންކަމަށް މައުލޫމާތު ހިއްސާކުރި މީހުން ބުންޏެވެ.

ހުޅުމާލެއިން ހުސްވެފައިވާކަމަށް ފާހަގަކުރެވިފައިވަނީ، އޮއިންޓްމެންޓް ސުޕިރޮސިން އެވެ. މިއީ ގައިގެ ތަންތަން މަށައިގެންދާ ތަންތަނުގައި އެޅުމަށް ބޭނުންކުރާ އުނގުޅާ ބޭހެކެވެ.

ހުޅުމާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައްގިނަވެފައިވާއިރު، މިދުވަސްކޮޅު ގިނަބަޔަކު ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް ދާކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަން ހާމަކުރަން ޝަރުތުކޮށް ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހަކު ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުނީ މިދުވަސްކޮޅު މަދުވެގެން 5 ވަރަކަށް މީހުން ކޮންމެ ދުވަހަކުވެސް ބޭސްއަޅަން އަންނަ ކަމަށެވެ. އެ އެންމެންނަކީވެސް މަގުމަތީގެ އެކްސިޑެންޓްތަކާ ގުޅިގެން ލިބޭ އަނިޔާގެ ސަބަބުން ބޭސްއަޅަން އަންނަ މީހުންކަމަށް ނަރުސް ބުންޏެވެ.

"ހުޅުމާލޭގައި މިހާ ބޮޑު އާބާދީއެއް އޮންނައިރު، އަދި މިހާ އެކްސިޑެންޓްތައް ހިނގާއިރު، އުނގުޅަންޖެހޭ ބޭސް ހޯދުމަށް މާލޭގެ ބޭސްފިހާރަތަކަށް ދާންޖެހުމަކީ ވަރަށްދެރަވަރުކަމެއް. މިހާރު ހޮސްޕިޓަލަށްވެސް ޖެހެނީ ފާރުގަނޑުގައި ބޭސް އަޅަންޏާ ބޭސްފުޅި ހިފައިގެންދާން. ހީވަނީ ސްޓޮކް ނެތީމަހެން އެހެން އެވަނީ" ވޮއިސް އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

ހުޅުމާލޭގެ ބޭސްފިހާރަތަކުން ހުސްވި ކަމަށް ފާހަގަކުރެވުނު ބޭސް

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުން މިހާރު އެދެނީ ބޭސްއަޅަންދާއިރު، ބޭނުންވާ ބޭސްފުޅި ބޭސް ފިހާރައިން ގަނެގެން ދިއުމަށެވެ. މިގޮތަށް ނިންމާފައިވަނީ ހޮސްޕިޓަލުގެ ސްޓޮކުން މިވަގުތު ބޭސް މަދުވުމުންކަމަށް މައުލޫމާތު ލިބެއެވެ.

ވޮއިސްއިން ބެލިބެލުމުން އެސްޓީއޯ މާލޭ ބޭސް ފިހާރައިގަ އެ ބޭސް ހުއްޓެވެ. އަދި މާލޭގެ ބައެއް ބޭސް ފިހާރަތަކުގައިވެސް ބޭސް ލިބެން އެބަހުއްޓެވެ. މިކަމާ ގުޅޭގޮތުން ހެލްތުގެ ބަހެއް އަދި ނުލިބެއެވެ.

މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެގިނައިން އެކްސިޑެންޓް ހިނގާކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުމާލެ އަދި ސިނަމާލެބްރިޖާއި، ހައިވޭމަގުގައިކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.