ޚުތުބާ އަޑު އަހަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
27 Sep 2024 | 12:58
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ! ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އުފުލަންޖެހޭނެ: ޚުތުބާ

ތިމާއާއި ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

”ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން“ މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށެވެ.

“ރަސޫލުالله ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْ رَعِيَّتِهِ، فَالْأَمِيْرُ الَّذِيْ عَلَى النَّاسِ رَاعٍ عَلَيْهِمْ، وَهُوَمَسْؤُوْلٌ عَنْهُمْ، وَالرَّجُلُ راَعٍ عَلَى أَهْلِ بَيْتِهِ، وَهُوَ مَسْؤُوْلٌ عَنْهُمْ، وَالْـمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ، وَهِيَ مَسْؤُوْلَةٌ عَنْهُمْ، وَعَبْدُ الرَّجُلِ رَاعٍ عَلَى بَيْتِ سَيِّدِهِ، وَهُوَ مَسْؤُوْلٌ عَنْهُ، أَلَا فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْرَعِيَّتِهِ) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ ބެލެހެއްޓުންތެރިއަކު އޭނާ ބަލަހައްޓާން ޖެހިފައިވާ ބަޔަކާ އަދި ކަމަކާމެދު މަސްއޫލުވާން ޖެހޭނެއެވެ. ފަހެ މީސްތަކުންގެ ވެރިމީހާއީ ބެލެހެއްޓުންތެރިއެކެވެ. އޭނާ، އޭނާގެ ރައްޔިތުންނާ މެދު މަސްއޫލުވާން ޖެހޭނެއެވެ. ފިރިމީހާއީ އޭނާގެ އަހުލުވެރީންގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އެއުރެންގެ މައްޗަށް މަސްއޫލުވާން ޖެހޭނެއެވެ. އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އެއުރެންގެ މައްޗަށް މަސްއޫލުވާން ޖެހޭނެއެވެ. އަޅުމީހާއީ، އޭނާގެ ސާހިބުމީހާގެ ގޭގެ ބެލެހެއްޓުންތެރިއެކެވެ. އޭނާ އޭނާގެ ސާހިބުމީހާއަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ، ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާ ބަލަހައްޓާ ބަޔަކާ މެދު މަސްއޫލުވާން ޖެހޭނެ މީހެކެވެ.” 

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށާ ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެންމީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށެވެ. 

ޒިއްމާދާރުވުމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސް ވެރީންނާއި، ޤާނޫނުހަދާ މުއައްސަސާތަކާއި، ޢަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނު އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިޤްތިޞާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއިމަސްއޫލިއްޔަތު ވަކީން ބޮޑެވެ. އަހުރެމެން ކުރެ ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާޞްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް الله ގަންދީ ހުވައިކޮށްގެން ތިބިބަޔެކެވެ. އެ ފަދަ ފަރާތްތަކުން ވެފައިވާ ޢަހުދާއި ހުވަޔަށް ޙުރުމަތްތެރިކޮށްހިތާންވާނެއެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ އަހުރެމެން ކުރެ ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމަށާ، ކޮންމެ މަސްއޫލިއްޔަތަކީ، މާތް الله އެ ފަރާތަކާ ޙަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ.

އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ! ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީއެވެ. އެ ދުވަހަކީ ތިމާ މިދުނިޔެމަތީގައި ކުޅަ އެއްވެސް ކަމަކުން ރެކެވޭނެ ދުވަހެއް ނޫނެވެ. ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫނެވެ.

ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ ބޮޑަށް، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށެވެ. އަދި އަނެކުންނަށް ޓަކައި، ތިމާ އަދާކޮށްދޭން ޖެހޭ ވާޖިބަށް އިސްކަންދޭ ތިމާގެ ޙައްޤުތައް ލިބެން އެދޭ ފަދައިން، މީސްތަކުންގެ ޙައްޤުތައް ލިބިދެވޭތޯ ބަލާ މީހުން ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ