ތާޒަ އައްޑޫ ޖޫނިއަރ އޯޕަން ބެޑްމިންޓަން ޗެންޕިއަންޝިޕް 2024" ގައި ވާދަކުރާ ނައިފަރު ބެޑްމިންޓަން ޓީމު...
ކުޅިވަރު
27 Sep 2024 | 15:30
ތާޒާ އައްޑޫ ޖޫނިއަރ ޗެންޕިއަންޝިޕް 2024 ގައި ވާދަކުރާ ނައިފަރު ޓީމު އައްޑުއަށް ދިއުމަށްޓަކައި ފުރައިފި

އައްޑޫ ސިޓީގައި އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ތާޒަ އައްޑޫ ޖޫނިއަރ އޯޕަން ބެޑްމިންޓަން ޗެންޕިއަންޝިޕް 2024" ގައި ވާދަކުރާ ނައިފަރު ބެޑްމިންޓަން ޓީމު މުބާރާތުގައި ވާދަކުރުމަށްޓަކައި އައްޑޫ ސިޓީއަށް ދިއުމަށް މިއަދު ފުރައިފިއެވެ. 

ނައިފަރު ޓީމުގެ ފަރާތުން ރަޝްވާން އަހުމަދު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިން ގޮތުގައި މިއަދު އައްޑުއަށް ފުރި ޓީމުގައި ހިމެނެނީ 24 ކުޅުންތެރިންނެވެ. އޭގެތެރޭގައި ހިމެނެނީ 16 ފިރިހެން ކުޅުންތެރިންނާއި އަށް އަންހެން ކުޅުންތެރިންނެވެ. އަދި 10، 13، 15 އަދި 18 އަހަރުން ދަށުގެ ސިންގަލް އަދި ޑަބަލްސް އިވެންޓުގައި މިކުޅުންތެރިން ވާދަކުރާނެވެ.

އިތުރަށް ވާހަކަދައްކަމުން ރަޝްވާން ބުނީ މިފަދަ މުބާރާތެއްގައި ނައިފަރުން ޓީމެއް ބައިވެރިވުމުގެ އެންމެ ބޮޑު މަގުސަދަކީ ވާދަވެރި މުބާރާތެއްގައި ކުޅެލުމުގެ ފުރުސަތު މިކުދިންނަށް ހޯދައިދިނުމެވެ. އަދި މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިމުބާރާތުގައި ބައިވެރިވުމަށް ނައިފަރުގެ ކައުންސިލާއި ކުޅުންތެރިންގެ ބެލެނެވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން..

މީގެ އިތުރުން މިމުބާރާތުގައި ވާދަކުރާ ނައިފަރު ޓީމާއެކު ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ފަރާތުން ކޯޗުންގެ ގޮތުގައި، ހުސެއިން ރަޝީދު، އަބްދުﷲ ރައޫފް، ޝަރުވަތު އިބްރާހިމް އަދި ރަޝްވާ އަހުމަދު ވަނީ ބައިވެރިވެފައެވެ.

29 ސެޕްޓެންބަރު 2024 އިން 03 އޮކްޓޯބަރު 2024 ގެ ނިޔަލަށް އައްޑޫ ސިޓީގައި މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު މާލޭ ސިޓީގެ އިތުރުން ނ.ހޮޅުދޫ، ބ. އޭދަފުށި އަދި ޅ. ނައިފަރުން ވަނީ ޓީމުތައް ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ