ބީސީސީން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރަ
ހަބަރު
27 Sep 2024 | 15:51
އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލައިފި

އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ބީސީސީން ބުނީ މިއީ ރާއްޖޭގައި ވިޔަފާރިކުރާ އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތް ކުރައްވާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެކުލަވާލެވޭ ދަފްތަރެކެވެ.

މި ދަފްތަރުގައި އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގައި ޢަމަލުކުރާނެ އުޞޫލެއް ބީސީސީން ވަނީ ކަނޑައަޅާފައެވެ.

ބީސީސީން ވަނީ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަޠު މިއަދުން ފެށިގެން އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ. މި ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް www.bcc.mv މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. ދަފްތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދެވޭނޭކަމަށް ބީސީސީން ބުނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި، ވިޔަފާރީގެ ގޮތުގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތައް މި ދަފްތަރުގައި ރަޖިސްޓަރީ ވުމަކީ އެފަރާތްތަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށްގިނަ ކަންކަމުގައި ލުއިފަސޭހަތައް ލިބޭނެ ކަމެއްކަމުން، އެފަދަ ހުރިހާ ފަރާތްތަކެއްވެސް މި ފުރުޞަޠުގެ ބޭނުން ހިއްޕެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބީސީސީން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.