"ރޮބޯމޭން" ޕްރިމިއާ ޑޭގެ ތެރެއިން.... ފޮޓޯ: ރޮބޯމޭން ޓީމް
ހަބަރު
27 Sep 2024 | 16:57
"ރޮބޯމޭން" ޕްރިމިއާ ކުރުމާ ހަމައިން، ހަ ޝޯ ފުލްވެއްޖެ

މިއީ ކުރިންވެސް ޔަގީންވެގެން ދިޔަކަމެކެވެ. ރޮބޯމޭން ކެރެކްޓާއަށް އޮތް ލޯބި، "ރޮބޯމޭން" ފިލްމަށްވެސް ލިބިގެންދާނެ ކަމެވެ. ކަންތައް ވެގެންދިޔައީ ޔަގީންކުރި ގޮތަށެވެ. ރޮބޯމޭން ފިލްމް އިއްޔެ ވަނީ ޕްރިމިއާ ކޮށްފައެވެ. ލިބުނު ތަރުހީބް ބޮޑުވެގެން އެންމެފަހުން ޖެހުނީ ދެޝޯ ބާއްވަން ނިންމައި ޕްރިމިއާ ޑޭއަށް ހަދާށެވެ. މިއީ ދިވެހިސިނަމާއަށް އައި މިފަދަ ފުރަތަމަ ދުވަހެވެ. 

"ރޮބޯމޭން" ފިލްމް ރެޑް ކާޕެޓްގައި އިއްޔެ ޕްރިމިއާ ކުރުމުގެ ހަފްލާގައި ފިލްމްގެ ކާސްޓުންގެ އިތުރުން ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ފިލްމަކީ މިހާތަނަށް ދިވެހި ފިލްމެއްގައި އެންމެ ބޮޑު އޯޑިއަންސެއް ހިއްސާވި ފިލްމަށް ވީއިރު، އެކަން އިއްޔެ އޮލިމްޕަހުން ކިތަންމެ ރަނގަޅަކަށްވެސް ފެނިގެންދިޔައެވެ. 

"ރޮބޯމޭން" ޓީމުން ބުނީ ފިލްމް ޕްރިމިއާ ކުރުމާއެކު 6 ޝޯ ހައުސް ފުލްވެފައިވާކަމަށެވެ. ކުރިއަށްއޮތް ދިހަ ދުވަސް ވަންދެން ކޮންމެ ދުވަހަކު މި ފިލްމުގެ ދެ ޝޯ ބޭއްވުމަށް ނިންމާފައިވާކަމަށެވެ. ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، މެންދުރުފަހު 14:00 އާއި ހަވީރު 16:00 ޖަހާއިރުއެވެ. މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން މި ފިލްމު ބެލުމަށް ހަދާލާފައި އޮތީ ދިގު ކިއުއެކެވެ. މިކަމުގައި އަދި އެހެން ސަބަބެއްވެސް އެބައޮތެވެ. ދިވެހި ސިނަމާއަށް ކުޑަކުދިންގެ ފިލްމެއް މިއައީ ގިނަ އަހަރުތަކެއް ފަހުންނެވެ. 

"ރޮބޯމޭން" ޕްރިމިއާ ޑޭގެ ތެރެއިން.... ފޮޓޯ: ރޮބޯމޭން ޓީމް

"ރޮބޯމޭން – ދަ މޫވީ" އަކީ އެހެން ފިލްމްތަކާ ތަފާތު ފިލްމެކެވެ. މި ފިލްމަކީ ކުދި ބޮޑު އެންމެނަށްވެސް ހާއްސަ ފިލްމެކެވެ. "ރޮބޯމޭން – ދަ މޫވީ" ވެގެންދާނީ މިހާތަނަށް އެންމެގިނަ ކުޑަކުދިންގެ ބައިވެރިވުމާއެކު ހެދި ފިލްމަށެވެ. މި ފިލްމު ގެނެސްދީފައިވަނީ "ދަ ރޮބޯ ޖޫނިއާ ޗެލެންޖު" ކުޑަކުދިންގެ ޑާންސް މުބާރާތެއްގެ ތެރެއިން ކުރިމަތިވާ އެކި ކަހަލަ ކަންތައްތަކެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ކުޑަކުދިންގެ އިތުރުން ބޮޑެތިމީހުންވެސް ވަރަށް ޝައުގުވެރިކުރުވާނެ ގޮތަކަށެވެ. ރޮބޯމޭންގެ ވާހަކަ ލިޔުނީ، ކުޅަދާނަ ވާހަކަލިޔުންތެރިޔާ މަހުދީ އިމާދެވެ. 

"ރޮބޯމޭން" ޕްރިމިއާ ޑޭގެ ތެރެއިން.... ފޮޓޯ: ރޮބޯމޭން ޓީމް

"ރޮބޯމޭން – ދަ މޫވީ" ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ، އަމީލިއާ ނަސްރުﷲ އާއި މިޝާ އިސްމާއިލެވެ. ފިލްމުގައި ރޮބޯމޭން ފެނިގެންދާނީ ހަމަ އެ ކެރެކްޓާގެ ގޮތުގައެވެ.

ރޮބޯމޭން ޓީމުން ބުނީ އޮލިމްޕަހުގައި ފިލްމު ދެއްކުމަށްފަހު މި ފިލްމުގެ އިތުރު ޝޯތައް ހުޅުމާލޭގައި ދައްކާނޭ ކަމަށެވެ. އަދި އަތޮޅުގެ ރަށްތަކަށްވެސް ފިލްމު ދެއްކުމުގެ ކަންކަން ކުރިއަށްގެންދާނޭކަމަށް ރޮބޯމޭން ޓީމުން ބުނެއެވެ. 

"ރޮބޯމޭން" ޕްރިމިއާ ޑޭގެ ތެރެއިން.... ފޮޓޯ: ރޮބޯމޭން ޓީމް

ރޮބޯމޭންއަކީ މިހާރު ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރާގެ މީހުންގެ މެދުގައި ވަރަށްބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ކެރެކްޓާއެކެވެ. ހާއްސަ ކޮސްޓިއުމާކާއެކު މޫނުގައި އަޅިކުލައިގެ މާސްކެއް އަޅާފައި ހުންނަ ރޮބޯމޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝޯތައް ދެމުން އަންނައިރު، ރޮބޯމޭންގެ ކެރެކްޓާ ވަނީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ޔޫރަޕްގެ ޤައުމުތަކުގައިވެސް ޝޯތައް ދީފައެވެ.

ރޮބޯމޭންއަކީ ދިވެއްސަކު އޭނާގެ އަމިއްލަ ހިޔާލަށް ބިނާކޮށް އުފައްދާފައިވާ ކެރެކްޓާއެކެވެ. ހުނަރުވެރި ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާފައިވާތީވެ، ރޮބޯމޭންގެ ކެރެކްޓާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުވެސް ހާސިލްކޮށްފައެވެ. މިއީ ދިވެއްސަކު އީޖާދުކުރި މިފަދަ ކެރެކްޓާއެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
ނާފިއުގެ އާއިލާއާ ބައްދަލުކޮށް ހިތްވަރު ދީފި, ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
14 Aug 2026
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން، މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑު އެއްކޮށް ބަލާ ނިމޭނެ
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
14 Aug 2026
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފި އެވެ.
14 Aug 2026
ތިލަމާލެ ބްރިޖު މަޝްރޫއުއަކީ މި ސަރުކާރުގައި ސުމަކުން ފެށި މަޝްރޫއުއެކޭ ބުނެވިދާނެ: ރައީސް
ރައީސް ވިދާޅުވީ މަޝްރޫއު ފެށުމަށް ފަހު ކުރީ ސަރުކާރަށް ދެ އަހަރުގެ މުއްދަތެއް ލިބުނު ނަމަވެސް މަސައްކަތް ދިޔައީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ.
14 Aug 2026
ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކުރުމަށް ފެށި ދަތުރުތަކެކެވެ.
14 Aug 2026
ތިނަދޫ އެއާޕޯޓް މަޝްރޫއުއަކީ އެންމެ މުހިންމު ވައުދު، ވަރަށް އަވަހަށް ފެށޭނެ: ރައީސް
"ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ," ރައީސް ވިދާޅުވި އެވެ.
14 Aug 2026
ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.