ކޮމެކްގެ 4 ސީ919 މަތިންދާބޯޓެއް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
28 Sep 2024 | 13:29
ޗައިނާއިން އުފައްދާ މަތިންދާބޯޓު ގަންނަ ފުރަތަމަ ގައުމަކަށް ބްރެޒިލް

ބްރެޒިލްގެ  މުދާ އުފުލާ އަދި ޗާޓަރ އެއަރލައިނެއްކަމަށްވާ  ޓޯޓަލް ލިންހާސް އެއެރިއާސް އިން ޗައިނާގައި އުފައްދާ ކޮމެކް މަތިންދާބޯޓް ގަތުމަށް ނިންމައިފިއެވެ.

ޓޯޓަލް ލިންހާސް އެއާލައިނުގެ މި ނިންމުމާއެކު އެ އެއާލައިން ވެގެންދާނީ، ކޮމެކްގެބޯޓުތައް ބޭނުންކުރާނޭ ޗައިނާއިން ބޭރު ފުރަތަމަ އެއާލައިނަށެވެ. 

ކޮމެކްއިން ދުނިޔޭގެ މަތިންދާބޯޓުގެ މާރކެޓަށް ވަނުމަށް މަސައްކަތް ކުރަމުންދާއިރު، ޓޯޓަލް އާއި ކޮމެކް އާ ދެމެދު އެތައް މަހެއް ވަންދެން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެއަރލައިންގެ ކޮންޓްރޯލިންގ ޕާޓްނަރ ޕައުލޯ އަލްމަދާ ވިދާޅުވިއެވެ.

ޕައުލޯ އަލްމަދާ ވިދާޅުވީ، އޮކްޓޯބަރު މަހު ކޮމެކްއަށް ކުރުމަށް ނިންމާފައިވާ ދަތުރުގައި، މަތިންދާބޯޓު ގަތުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަލްމަދާ ވިދާޅުވި ގޮތުގައި އާ އެއާލައިނެއް ހޯދުމަށް މަޖުބޫރުވީ އެއަރބަސް އަދި ބޯއިންގ ފަދަ ހުޅަނގުގެ އާންމު އުފެއްދުންތެރިންނަށް ސަޕްލައި ޗެއިންގެ ދަތިތަކާ ކުރިމަތިލާންޖެހުމާއެކު އައު މަތިންދާބޯޓުތަކަށް ހުރި ޑިމާންޑް ފުއްދައިނުދެވުމުގެ ސަބަބުންނެވެ.

ޗައިނާގެ ސީ919 މަރުކާގެ ބޯޓްތައް މިހާރުވެސް ބައެއް އެއާލައިންތަކުން ބޭނުންކުރަމުންދެއެވެ. އެކަމު އެއީ މުޅިންވެސް ޗައިނާގެ އެއާލައިންތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.